Ads by Farudhun

ޚަބަރު

މިނިވަން ދުވަހުގެ ހަރަކާތްތައް ފޯރިއާއެކު ނިންމާލައިފި

މިނިވަން ދުވަހުގެ ހަރަކާތްތައް ފޯރިއާއެކު ނިންމާލައިފި

މިނިވަންދުވަހުގެ ހަރަކާތްތަކުގެ ތެރެއިން. ފޮޓޯ: ރައީސް އޮފީސް

ޢާއިޝަތު އަލްމާސާ

ޢާއިޝަތު އަލްމާސާ

27 ޖުލައި 2026، 10:04

27 ޖުލައި 2026، 10:04

ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި  ހެވިކަމާއި ކުޅިވަރުގެ މައިދާނީ ހަރަކާތްތައް ބާއްވާ ފޯރިއާއެކު ނިންމާލައިފިއެވެ. 

26 ޖުލައި 2026 ވަނަ ދުވަހުގެ ރޭ ޖުމްހޫރީ މައިދާނުގައި މިނިވަންދުވަސް ފާހަގަކުރުމަށް ބޭއްވުނު ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވީ، ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، މިނިސްޓަރ އޮފް ސްޓޭޓް، އަދި ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދެވެ. އެމަނިކުފާނު ޖުމްހޫރީ މައިދާނަށް ވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ދެކަނަބަލުންގެ އިތުރުން، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ، މަރުހަބާ ދަންނަވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސާއި، މަޖިލިސް ރައީސްގެ އިތުރުން ދައުލަތުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ. އަދި ދިވެހި ސަރުކާރުގެ ޚާއްޞަ މެހުމާނު، ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ހިޒް އެކްސެލެންސީ ޑޮކްޓަރ ޚަލީލުއްރަޙްމާނުގެ އިތުރުން،  ބޭރު ޤައުމުތަކުގެ ސަފީރުން ވެސް ވަނީ މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

ރަސްމިއްޔާތު ފެށިގެން ދިޔައީ ރައީސުލްޖުމްހޫރިއްޔާ ލަޝްކަރާ ކުރިމަތިލައްވައި ހުއްޓިވަޑައިގަތުމުން، އެމްއެންޑީއެފުން އެރުވި ރިޔާސީ ކުރުނީހާއެކުގައެވެ.  އަދި އެއާއެކު ވަނީ 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފައެވެ. 

އެއަށްފަހު، މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް ފެށިގެން ދިޔައީ، އެމްއެންޑީއެފްއާއި، 15 ސްކޫލެއްގެ  ދަރިވަރުން ހިމެނޭ ދިވެހިރާއްޖޭގެ ޤައުމީ ކެޑޭޓް  ކޯރގެ ޝަރަފުގެ ހިނގާލުމުންނެވެ. ޝަރަފުގެ ހިނގާލުމުގައި ވެސް ރައީސުލްޖުމްހޫރިއްޔާއަށް ރިޔާސީ ކުރުނީހެއް އެރުވިއެވެ. 

މިނިވަން ދުވަހުގެ މައިދާނީ ކުޅިވަރުތައް ފެށިގެން ދިޔައީ ސްކޫލްތަކުގެ އައިޓަމްތަކުންނެވެ. އެގޮތުން، އިސްކަންދަރު ސްކޫލާއި، ރެހެންދި ސްކޫލު އަދި ޝަހީދު ޢަލީ ސްކޫލުގެ ހަރަކާތްތައް ވަނީ ފެނީގެންގޮސްފައެވެ. އެއަށްފަހު، ޤައުމީ ދިފާއީ ބާރުގެ ހަރަކާތަކާއި، ހޭވައްލާ ގުރޫޕުގެ ޘަޤާފީ ހަރަކާތެއް ވަނީ ފެނިގެންގޮސްފައެވެ.

މި މައިދާނީ ކުޅިވަރުތައް ނިންމާލާފައިވަނީ، ހަވާ އެރުވުމުގެ ކުލަގަދަ ހަރަކާތަކުންނެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450