Ads by Farudhun

ޚަބަރު

ސަމާލުވޭ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ : މެޓް އޮފީސް

ސަމާލުވޭ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައަރާފާނެ : މެޓް އޮފީސް

މާލެއަށް އުދައެރުން ފޮޓޯ: ސަން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

26 ޖުލައި 2026، 10:18

26 ޖުލައި 2026، 10:18

ކުރިއަށް އޮތް ވަގުތުތަކުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައެރުން އެކަށީގެންވާތީ، މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން  އިލްތިމާސްކޮށްފިއެވެ.

މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރެއްވި ގޮތުގައި، ކުރިއަށް އޮތް 12 ގަޑިއިރަށް ބަލާއިރު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވެއެވެ. މި ވަގުތުތަކުގައި ވައިގެ ބާރުމިން ހުންނާނީ ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގައެވެ. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައި ގަދަވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.

ކަނޑުގެ ހާލަތަށް ބަލާއިރު، އާދައިގެ ވަރަކަށް ކަނޑުތައް މަޑުވި ނަމަވެސް ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގައެވެ. މެޓް އޮފީހުން ވަނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ އެކަމަށް ތައްޔާރުވެ ތިބުމަށް އިރުޝާދު ދެއްވާފައެވެ.

އުދަ އެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ސަލާމަތްވުމަށާއި، މުދަލާއި ތަކެއްޗަށް ލިބިދާނެ ގެއްލުންތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. ހާއްސަކޮށް އަތިރީބިމާ ކައިރީގައި ދިރިއުޅޭ ފަރާތްތަކުން މިކަމަށް އިތުރަށް ސަމާލުކަން ދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450