ޚަބަރު
ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ފޫޓިން ކޮންކްރީޓް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށް
ނ. ކުޑަފަރީ ސިއްހީ މަރުކަޒުގެ އައު އިމާރާތުގެ ފޫޓިން ކޮންކްރީޓް މަސައްކަތް
ނޫނު އަތޮޅު ކުޑަފަރީ ސިއްހީ މަރުކަޒުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ އައު އިމާރާތް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، ފޫޓިންތަކުގެ ކޮންކްރީޓް މަސައްކަތްތައް ބާރުސްޕީޑުގައި ކުރިއަށްދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
އެމްޓީސީސީން ބުނި ގޮތުގައި، މި މަޝްރޫއު ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށްޓަކައި އަމަލީ މަސައްކަތްތައް މިހާރު ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަށެވެ. ޖުމްލަ 27.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 360 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.
މި އިމާރާތުގެ މަސައްކަތް ނިމުމުން، ކުޑަފަރީ ސިއްހީ މަރުކަޒަށް މިހާރު ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ލިބިގެންދާނެއެވެ. އަދި މި މަޝްރޫއުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނަށް ފޯރުކޮށްދޭ ސިއްހީ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުގެ ފެންވަރު މަތިކުރުމަށާއި، ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށްރަށުގައި އައު އިމާރާތްތައް ބިނާކުރުމަކީ ސަރުކާރުން އިސްކަންދޭ މުހިންމު ސިޔާސަތެކެވެ.
Project Update: Construction of N. Kudafari Health Center
— MTCC Plc (@MTCCPlc) July 25, 2026
Footing casting works are ongoing.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects #TeamMTCC #RayyithungeKunfuni #GaumuBinaakurumugaaMTCC pic.twitter.com/WrjKhszNS9