Ads by Farudhun

ޚަބަރު

މިދިޔަ ސަރުކާރުން 23 ޕްރިންސިޕަލަކަށް ފިޔަވަޅު އެޅި: ވަޒީރު ޝަފީޢު

މިދިޔަ ސަރުކާރުން 23 ޕްރިންސިޕަލަކަށް ފިޔަވަޅު އެޅި: ވަޒީރު ޝަފީޢު

ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަނީ / ފޮޓޯ: މަޖިލީހުގެ އިދާރާ

farudhun logo

ފަރުދުން

24 ޖޫން 2026، 03:47

24 ޖޫން 2026، 03:47

މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވިއިރު، ސިޔާސީ ހިޔާލުތަފާތުވުންތަކުގެ ސަބަބުން 23 ޕްރިންސިޕަލަކަށް ފިޔަވަޅު އަޅައި، އެ ބޭފުޅުން ތިއްބަވަންޖެހޭ ރަށް ނޫން އެހެން ރަށްރަށަށް ބަދަލުކޮށްފައިވާ ކަމަށް ތައުލީމާއި މަތީ ތައުލީމާއި ހުނަރުތައް ތަރައްގީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މެންބަރު ޝުޖާއު ސުވާލު ކުރައްވަމުން ވިދާޅުވީ، ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވަރަށް ގިނަ ޓީޗަރުންނަށް އިންޒާރުދީ، ބަޔާން ނަގައި އަދި ބައެއް މުވައްޒަފުން މަގާމުން ވަކިކޮށްފައިވާ ކަމަށެވެ. ޝުޖާއު ވަނީ ޓީޗަރުން ނުވަތަ ޕްރިންސިޕަލުން ފާޅުކުރާ ޝުއޫރަކާ ގުޅިގެން ނުވަތަ ސިޔާސީ ފިކުރެއްގެ ސަބަބުން މި ސަރުކާރުން އެއްވެސް ފިޔަވަޅެއް އަޅާފައިވާނެތޯ ވަޒީރާ ސުވާލު ކުރައްވާފައެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ސަރުކާރުން އެއްވެސް މުދައްރިސަކަށް ނުވަތަ ޕްރިންސިޕަލަކަށް އެ ބޭފުޅެއްގެ ސިޔާސީ ފިކުރަކަށް ބަލައި ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ. އަދި ސަރުކާރާ ދެކޮޅު ވިޔަސް ނުވަތަ އެއްކޮޅު ވިޔަސް، ހަމައެކަނި ޚިޔާލު ފާޅުކުރުމުގެ ސަބަބުން އެއްވެސް މުވައްޒަފަކަށް މިހާތަނަށް ފިޔަވަޅެއް އަޅާފައި ނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީ ސަރުކާރުން ސިޔާސީ ސަބަބުތަކަށްޓަކައި ރަށް ބަދަލުކޮށްފައި ތިބި ޕްރިންސިޕަލުންގެ މައްސަލަތައް މި ސަރުކާރުން މިހާރު ވަނީ ހައްލުކޮށްފައެވެ. އެގޮތުން، އެ މުވައްޒަފުންނަށް ކުރިމަތިވެފައިވާ ދަތިތައް ނައްތާލައި، މިހާރު އެ ހުރިހާ މުވައްޒަފުންވެސް ތިބޭނީ އެ މީހުން ތިބެންޖެހޭ އަސްލު ވަޒީފާގެ ތަންތަނުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ސަރުކާރުގެ ސިޔާސަތަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އަމާން މަސައްކަތުގެ މާހައުލެއް ގާއިމުކޮށްދިނުން ކަމަށްވެސް ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު މަޖިލީހުގައި ވިދާޅުވިއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450