ޚަބަރު
2028 ގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް މުޢިއްޒު، ޕާޓީ އޮތީ ބަދަހިކޮށް- އާދަމް ޝަރީފް
އާދަމް ޝަރީފް އާދަމް - ފޮޓޯ: އެޓޯލް ޓައިމްސް
ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ތެރޭގައި ރިޔާސީ ކެންޑިޑޭޓު ބަދަލުކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދާކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށް ގަދަރަށް ރާއްޖެއިން ކަނޑއަލާފައިވާ ސަފީރު އަދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް ޝަރީފް މިފަދައިން ވިދާޅުވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބަދަލުގައި އެހެން ކެންޑިޑޭޓަކު ނެރުމަށް ޕާޓީގެ ތެރޭގައި ރޭވުންތަކެއް ރޭވޭ ކަމަށާއި، އެކަމާ ގުޅިގެން ރައީސް މުޢިއްޒު ޕީޕީއެމްގެ ލީޑަރުންނަށް ފިއްތުންތައް ކުރިމަތިކުރައްވަމުން ގެންދަވާ ކަމަށް ބުނެ އަޙްމަދު މުޞްޠަފާ ކުރި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
These claims are baseless and false; there is no discussion or negotiation regarding this matter.
— Adam Shareef Umar (@Adamshareefz) June 22, 2026
Our presidential candidate is HEP @MMuizzu reflecting our complete confidence in his leadership and his performance.
I urge all PNC supporters to remain steadfast and avoid any… https://t.co/cct9CPstOM
އާދަމް ޝަރީފް ވިދާޅުވީ ޕީއެންސީގެ 2028 ވަނަ އަހަރުގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ. އަދި އެމަނިކުފާނުގެ ލީޑަރޝިޕާއި، ޤައުމަށްޓަކައި ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ޕާޓީގެ ފުރިހަމަ އިތުބާރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"މި ދެކެވޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް. މިފަދަ އެއްވެސް މަޝްވަރާއެއް ނުވަތަ ނެގޯޝިއޭޝަނެއް ޕާޓީގެ ތެރޭގައި ހިނގަމުން ނުދޭ،" އާދަމް ޝަރީފް ވިދާޅުވިއެވެ.
މީގެ އިތުރުން، ޕީއެންސީގެ ހުރިހާ ސަޕޯޓަރުންވެސް ސާބިތުކަމާއެކު ތިއްބެވުމަށާއި، ޕާޓީގެ އެއްބައިވަންތަކަން ގެއްލުވާލުމަށް ބަޔަކު ކުރަމުންދާ މަސައްކަތްތަކަށް ސަމާލުވުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ. އަދި 2028 ވަނަ އަހަރުގެ އިންތިޚާބު ރައީސް މުޢިއްޒަށް ކާމިޔާބުކޮށްދިނުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގައި ފުރިހަމައަށް ދެމިހުންނާނެ ކަމުގެ ޔަޤީންކަންވެސް އަބްދުއްރަހީމް ވަނީ ދެއްވާފައެވެ.
"އިރާދަކުރެއްވިއްޔާ 2028 ވަނަ އަހަރުގެ އިންތިޚާބު އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" އާދަމް ޝަރީފްގެ ޕޯސްޓް ނިންމާލަމުން ވިދާޅުވިއެވެ.