Ads by Farudhun

ޚަބަރު

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރަނީ؛ އަމާޒަކީ ދަރިވަރުންނަށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން

ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރަނީ؛ އަމާޒަކީ ދަރިވަރުންނަށް ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން

އިސްލާމިކް މިނިްސޓްރީ - ފޮޓޯ: އިސްލާމިކް މިނސްޓަރު އެކްސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

22 ޖޫން 2026، 06:25

22 ޖޫން 2026، 06:25

ކީރިތި ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު ރާއްޖޭގައި އިތުރުވަމުންދާތީ، އެ ކުދިން އިމްތިޙާނު ކުރުމުގެ ކަންކަން އަވަސްކުރުމަށްޓަކައި ޙާފިޒުން އިމްތިޙާނުކުރާ ކޮމިޓީތައް އިތުރުކުރަން އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.

މިކަން ހާމަކުރައްވައި އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޤުރްއާން ހިތުދަސްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުންދާ މި ދަނޑިވަޅުގައި، ކީރިތި ޤުރްއާނާ ބެހޭ މަރުކަޒުގެ އިމްތިޙާނު ކުރުމުގެ ނިޒާމު އިތުރަށް ފުޅާކުރަން ޖެހިފައިވާ ކަމަށެވެ. އެގޮތުން، އިތުރު ކޮމިޓީތައް އެކުލަވާލުމުން އެއް ވަގުތެއްގައި ގިނަ ދަރިވަރުންތަކަކަށް އިމްތިޙާނު ދިނުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.



ޙާފިޒުން އުފެއްދުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެކެވެ. އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް 1،400 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޤުރްއާން ހިތުދަސްކުރަމުންނެވެ.

ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޤުރްއާން ހިތުދަސް ޙާފިޒުންނަށް ދައުލަތުން ދެމުން އަންނަ ޚާއްޞަ އިނާޔަތްވެސް މިހާރު ވަނީ ކުރިއަށްވުރެ ދެގުނަ ބޮޑުކުރައްވާފައެވެ. މިއީ ޤުރްއާން ހިތުދަސްކުރުމަށް ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި، ޙާފިޒުންގެ އަގު ވަޒަންކުރުމުގެ ގޮތުން ސަރުކާރުން ނިންމެވި ނިންމެވުމެކެވެ.

މި ގެނެވޭ ބަދަލުތަކާއެކު، ޙާފިޒުކަމުގެ ސަނަދު ހޯދުމަށް ދަރިވަރުން ކުރަންޖެހޭ އިންތިޒާރަށް ނިމުމެއް އައިސް، ދީނީ ޢިލްމުގެ މި މުހިންމު ދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ބޮޑެތި ފުރުޞަތުތަކެއް ހުޅުވިގެންދާނެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450