ދުނިޔެ

ކަރަންޓު ބިލު ދެއްކުމަށްޓަކައި ޗައިނާގެ މަގުމަތީގައި ރޮބޮޓެއް ސަލާންޖަހަނީ

ކަރަންޓު ބިލު ދެއްކުމަށްޓަކައި ޗައިނާގެ މަގުމަތީގައި ރޮބޮޓެއް ސަލާންޖަހަނީ

ރޮބޮޓެއް ސަލާންޖަހަނީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 ޖޫން 2026، 08:08

21 ޖޫން 2026، 08:08

ޗައިނާގެ މަގުމަތީގައި އިންސާނުންނާ އެއްގޮތް ސިފަތަކެއް ލިބިފައިވާ "ހިއުމަނޮއިޑް" ރޮބޮޓެއް ސަލާންޖަހަން އިންނަ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެ، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި، މި ރޮބޮޓް އިންނަނީ ކަކޫ މައްޗަށް ތިރިވެ، އިންސާނުން ސަލާންޖަހާ ފަދައިން ދެއަތް ޖޯޑުކޮށްގެންނެވެ. ރޮބޮޓްގެ ކައިރީގައި ބަހައްޓާފައިވާ ލައުޑްސްޕީކަރަކުންނާއި އެލް.އީ.ޑީ ބޯޑަކުން ދަނީ އެ މެޝިން "ސަލާންޖަހަން" ޖެހުނު ސަބަބު ހާމަކުރަމުންނެވެ. އެގޮތުން، ރޮބޮޓް ރީޗާޖު ކުރާނެ ފައިސާ ނެތް ކަމަށާއި، ކަރަންޓު ބިލު ދެއްކުމަށް އެހީތެރިވެދިނުމަށް އެދި އާއާންމުންގެ ކިބައިން އޭތި ދަނީ އާދޭސްކުރަމުންނެވެ.

"ޑެއިލީ މެއިލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރޮބޮޓްގެ ކައިރީގައި ހުރި ލައުޑްސްޕީކަރުން ތަކުރާރުކޮށް ބުނަމުންދަނީ "ރީޗާޖު ކުރާނެ ފައިސާއެއް ނެތް" ކަމަށާއި "ކަރަންޓު ބިލު ދެއްކުމަށް އެހީތެރިވެދިނުން އެދޭ" ކަމަށެވެ. މި މަޖާ މަންޒަރު ބަލަން ތިބި ބައެއް މީހުން އެ ރޮބޮޓަށް އެހީތެރިވުމުގެ ގޮތުން ފައިސާ ހަދިޔާކުރާ މަންޒަރުވެސް ވީޑިއޯއިން ފެނެއެވެ.

ޒަމާނީ ޓެކްނޮލޮޖީއާއެކު ފައިސާ ދެއްކުމުގެ ކަންކަން ފަސޭހަކުރުމަށްޓަކައި، އެ ރޮބޮޓްގެ ކައިރީގައި ކިއު.އާރް ކޯޑެއްވެސް ވަނީ ބަހައްޓާފައެވެ. މިއީ ޗައިނާގެ މަގުމަތިން ފެނުނު އާދަޔާޚިލާފު އަދި އެހާމެ މަޖާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި ހާދިސާއަކީ ޗައިނާ ފަދަ ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ގައުމުތަކުގައި ރޮބޮޓްތައް އާންމު ދިރިއުޅުމުގެ ތެރެއަށް ވަދެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. ނަމަވެސް، މިއީ ހަގީގަތުގައިވެސް ރޮބޮޓެއް "ސަލާންޖެހުން" ތޯ ނުވަތަ މިއީ ކަމާބެހޭ ފަރާތަކުން ކުރިއަށް ގެންދިޔަ އިޝްތިހާރެއް ނުވަތަ ތަފާތު ހަރަކާތެއްތޯ އަދި ސާފެއް ނުވެއެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450