ދުނިޔެ

އިސްރާއީލާއި ހިޒްބުއްލާގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އާކޮށްފި

އިސްރާއީލާއި ހިޒްބުއްލާގެ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އާކޮށްފި

ޓްރަމްޕުގެ އެންވޯއީ އަދި އިރާނުގެ މިނިސްޓަރު - ފޮޓޯ: އަރަބް ނިއުސް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

20 ޖޫން 2026، 10:27

20 ޖޫން 2026، 10:27

އިސްރާއީލާއި ލުބުނާނުގެ ހިޒްބުއްﷲއާއި ދެމެދު އުފެދިފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކަށް ހުރަސްއެޅިފައި ވަނިކޮށް، އިސްރާއީލާއި ހިޒްބުﷲއިން ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުން އާކޮށްފިއެވެ.

މި އެއްބަސްވުން އާކޮށްފައި މިވަނީ، ހުކުރު ދުވަހު އިސްރާއީލުން ލުބުނާނަށް ދިން ވަރުގަދަ ހަމަލާތަކެއްގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން 47 މީހުން ޝަހީދުކޮށްލާފައިވާ ދަނޑިވަޅެއްގައެވެ. މިއީ ހަނގުރާމަ ފެށުނު ފަހުން ލުބުނާނަށް ކުރިމަތިވި އެންމެ ނުރައްކާތެރި އެއް ދުވަހެވެ. ހަމައެއާއެކު، ހިޒްބުއްލާއިން ދިން ހަމަލާތަކެއްގައި އިސްރާއީލުގެ ހަތަރު ސިފައިން ވެސް ވަނީ މަރުވެފައެވެ.

މި އެއްބަސްވުމާ އެކު، އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ޓެކްނިކަލް މަޝްވަރާތައް އަލުން ފެށުމަށްޓަކައި އެމެރިކާގެ މަންދޫބު ސްޓީވް ވިޓްކޮފް މިހާރު ދަނީ ސްވިޒަލޭންޑަށް ދަތުރުކުރައްވަމުންނެވެ. މި މަޝްވަރާތަކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިފުޅު ޖެރެޑް ކުޝްނަރ ވެސް ބައިވެރިވެވާނެ ކަމަށް ބެލެވެއެވެ. މި މަޝްވަރާތަކުގެ މަގުސަދަކީ ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި ދާއިމީ އެއްބަސްވުމަކަށް އައުމެވެ.

ލުބުނާނުގެ ރައްޔިތުންގެ މެދުގައި އިސްރާއީލުން މި އެއްބަސްވުމަށް އިހުތިރާމްކުރާނެތޯ ސުވާލު އުފެދިފައިވީ ނަމަވެސް، ދެ ފަރާތުން ވެސް ވަނީ އެއްބަސްވުމާ ހިލާފުނުވާނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް، އަނެއް ފަރާތުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ހަމަލާދޭނެ ކަމުގެ އިންޒާރު ދެ ފަރާތުން ވެސް ވަނީ ދީފައެވެ.

މި ދަނޑިވަޅުގައި ޓްރަމްޕް ވަނީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ އެކު އޮތް ގުޅުން ވަރުގަދަ ކަމަށް ބުނެފައެވެ. ނަމަވެސް، އިސްރާއީލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގެ ސަބަބުން އެމެރިކާއާއި އީރާނުގެ މަޝްވަރާތަކަށް ބުރޫއަރާތީ، ކަންކަމުގައި ބުއްދީގެ ބޭނުންކޮށް، މަޑުމައިތިރިވުމަށް ޓްރަމްޕް ވަނީ ނަތަންޔާހޫއަށް އިރުޝާދު ދީފައެވެ.

Ads by MSS

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450