Ads by Farudhun

ޚަބަރު

ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މާލީ ހާލަތު ރަނގަޅުކުރުން: ތަރުޖަމާނު

ސަރުކާރުގެ އެންމެ ބޮޑު ކާމިޔާބީއަކީ މާލީ ހާލަތު ރަނގަޅުކުރުން: ތަރުޖަމާނު

ތަރުޖަމާނު މުހައްމަދު ހުސެއިން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

14 މޭ 2026، 02:18

14 މޭ 2026، 02:18

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާތަނަށް ހާސިލުކުރި އެންމެ ބޮޑު ކާމިޔާބީއަކީ ރާއްޖޭގެ މާލީ ހާލަތު ހަމަޔަކަށް އަޅުވައި، އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުން ކަމަށް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ތަރުޖަމާނު ވިދާޅުވީ، ސަރުކާރަށް ވާރުތަވި ބޮޑު ދަރަނި އަދާކުރުމާއި، ދަރަނި އިތުރަށް ނުއުފުލޭނެ ގޮތަކަށް މުސްތަގުބަލަށްޓަކައި އިސްތިރާޖީ ގޮތުން ކަންކަން ތަރުތީބުކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ. މީގެ ތެރޭގައި ޚާރިޖީ ދާއިރާއިން ކުރެވުނު މަސައްކަތްތަކަކީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި  ފާހަގަކުރެއްވިއެވެ.

އަޅުގަނޑުމެން ދަރަނި އަދާކުރަންޖެހޭ ގައުމުތަކާއި ފަރާތްތަކާ މަޝްވަރާކޮށްގެން، އެ ފަރާތްތަކުގެ އެހީތެރިކަމާއި އެއްބާރުލުން މިވަނީ ލިބިފައި. މީގެ ސަބަބުން ރާއްޖޭގެ މާލީ ތަސައްވުރު ރަނގަޅުވެ، ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ރާއްޖެއާމެދު ދެކޭގޮތް ވެސް ވަނީ ރަނގަޅުވެފައި،

މުހައްމަދު ހުސެއިން 

ތަރުޖަމާނު އިތުރަށް ވިދާޅުވި ގޮތުގައި، ދަރަނި އަދާކުރުމުގައި މިހާތަނަށް ހޯދާފައިވާ ކާމިޔާބީތަކުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ރަނގަޅުވާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތެވެ. އަދި ދައުލަތުގެ ބަޖެޓާއި، ފޮރިން ކަރަންސީ އަދި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ މިންވަރަށް ބަލާއިރު، މިއީ އިގްތިސާދީ ގޮތުން ހޯދިފައިވާ މުހިންމު ކާމިޔާބީއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިހާރު ސަރުކާރުގެ އެންމެ ބޮޑު އަމާޒަކީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި މަސައްކަތުގެ ދުވެލި ހަލުވިކުރުން ކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. މިގޮތުން، ކުރިއަށް އޮތް ދެއަހަރާއި ބައިގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެނެސްގެން ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ ފުރަތަމަ ދައުރުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުރިހަމައަށް ފުއްދުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450