ދުނިޔެ

ސީއެމް ވިޖޭގެ ފުރަތަމަ ނިންމެވުން: 700 އަށްވުރެ ގިނަ ރާ ފިހާރަ ބަންދުކުރަން އަމުރުކުރައްވައިފި

ސީއެމް ވިޖޭގެ ފުރަތަމަ ނިންމެވުން: 700 އަށްވުރެ ގިނަ ރާ ފިހާރަ ބަންދުކުރަން އަމުރުކުރައްވައިފި

ޓެމިލްނާޑޫގެ އައު ސީއެމް ސީ. ޖޯސެފް ވިޖޭ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

12 މޭ 2026، 12:52

12 މޭ 2026، 12:52

އިންޑިއާގެ ޓެމިލްނާޑޫ ސްޓޭޓްގެ ސީއެމް ކަމުގެ ހުވާ ފާއިތުވި އާދީއްތަ ދުވަހު ކުރެއްވި މަޝްހޫރު ފިލްމީ ތަރި ސީ. ޖޯސެފް ވިޖޭ، އެމަނިކުފާނުގެ ރިޔާސަތުގެ ފުރަތަމަ ނިންމެވުމެއްގެ ގޮތުން އެސްޓޭޓުގައި ހުރި 700 އަށްވުރެ ގިނަ ބަނގުރާ ފިހާރަ ބަންދުކުރުމަށް އަމުރުކުރައްވައިފިއެވެ.

ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ވާގޮތުން، ޓެމިލްނާޑޫ ސްޓޭޓް މާކެޓިންގް ކޯޕަރޭޝަން  އިން ހިންގާ ރާ ފިހާރަތަކުގެ ތެރެއިން 717 ފިހާރައެއް ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ބަންދުކުރަން ޖެހޭނެއެވެ. މި ނިންމެވުމަކީ އާންމު ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި ނިންމެވި ނިންމެވުމެއް ކަމަށް ސަރުކާރުން ހާމަކުރެއެވެ.

ބަންދުކުރުމަށް ކަނޑައަޅާފައިވާ ފިހާރަތަކަކީ ދީނީ ތަންތަނާއި، ތަޢުލީމީ މަރުކަޒުތަކާއި އަދި ބަސް ހުއްޓިތަކާ 500 މީޓަރަށްވުރެ ގާތުގައި ހުރި ތަންތަނެވެ. މީގެ ތެރޭގައި ހިމެނެނީ ދީނީ ބިނާތައް ކައިރީ ހުރި 276 ފިހާރައަކާއި، ސުކޫލް މަދަރުސާތައް ކައިރީ ހުރި 186 ފިހާރައެއްގެ އިތުރުން ބަސް ހުއްޓިތައް ކައިރީ ހުރި 255 ފިހާރައެވެ.

ވިޖޭގެ ސިޔާސީ ޕާޓީ، ޓެމިލަގަ ވެޓްރީ ކަޒަގަމް އިން ވަނީ ދާދިފަހުން ބޭއްވި އިންތިޚާބުގައި 108 ގޮނޑި ކާމިޔާބުކޮށްފައެވެ. އަދި އެހެން ޕާޓީތަކުގެ އެހީތެރިކަމާއެކު ޖުމްލަ 234 މެންބަރުން ހިމެނޭ މަޖިލީހުގެ އަޣުލަބިއްޔަތު ހަމަކޮށް، މެއި 10 ވަނަ ދުވަހު ވިޖޭ ވަނީ ވެރިކަމާ ހަވާލުވެވަޑައިގެންފައެވެ.

މިހާރު ތަމަޅުނާޑޫގައި ޓެސްމެކް އިން ޖުމްލަ 4,765 ރާ ފިހާރަ ހިންގަމުންދާއިރު، އައު ސީއެމްގެ މި ނިންމެވުމާއެކު އެ އަދަދު ބޮޑުތަނުން މަދުވެގެންދާނެއެވެ. ވިޖޭ ވަނީ މި އަމުރު ތަންފީޒުކުރުމުގެ މަސައްކަތް ލަސްނުކޮށް، ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކަށް އިރުޝާދު ދެއްވާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450