ދުނިޔެ
ވިޖޭ ނިންމީ ކޮންމެ ގެއަކަށް 200 ޔުނިޓުގެ ކަރަންޓު ހިލޭ ފޯރުކޮށްދިނުމަށް
ޓެމިލް ނާޑޫގެ މަޖިލިސް އިންތިޙާބު ކާމިޔާބުކުރި ފިލްމީ ތަރި، ޗަންދްރަސެކަރަން ޖޯސެފް ވިޖޭ---
ފަރުދުން
10 މޭ 2026، 09:31
10 މޭ 2026، 09:31
ކޮންމެ ގެއަކަށް 200 ޔުނިޓުގެ ކަރަންޓު ހިލޭ ފޯރުކޮށްދިނުމަށް، އިންޑިއާގެ ޓެމިލް ނާޑޫގެ މަޖިލިސް އިންތިޙާބު ކާމިޔާބުކުރި ފިލްމީ ތަރި، ޗަންދްރަސެކަރަން ޖޯސެފް ވިޖޭ ނިންމައިފިއެވެ.
ވަކި މިންވަރަކަށް ކަރަންޓު ހިލޭ ކުރުމަށް ނިންމިކަން ވިޖޭ އިއުލާންކުރީ، ޗީފް މިނިސްޓަރެއްގެ މަޤާމަށް ހުވާކުރުމަށްފަހު، އެންމެ ފުރަތަމަ ތަންފީޒުކުރަން ނިންމި ވަޢުދުތަކުގެ ތެރޭގައި ހިމަނައިގެންނެވެ.
މީގެ އިތުރުން، މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަށާއި، އަންހެނުންނަށް ރައްކާތެރިކަން ދިނުމާ ގުޅޭ އިތުރު ދެ ވަޢުދެއް ވެސް ތަންފީޒުކުރުމުގެ މަސައްކަތް އޭނާ ވަނީ ފަށާފައެވެ. އެގޮތުން މިކަންކަމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރުމަށް ވަނީ ޓާސްކް ފޯސްއެއް އެކުލަވާލާފައެވެ.
މީގެއިތުރުން، ތަޢުލީމާއި، ސިއްޙަތާއި، ފެނުގެ ދާއިރާ ފަދަ އަސާސީ މައްސަލަތަކަށް ފުރިހަމަ ސަމާލުކަމެއް ދޭނެކަމަށް ވިޖޭ ވަނީ ބުނެފައެވެ.
އެގޮތުން އޭނާއަކީ ފަގީރުކަމާ ބަނޑުހައިހޫނުކަން އިޙުސާސްކުރަން ދަންނަ މީހެއް ކަމަށާއި، އަދި ޝާހީ އާއިލާއަކަށް ނިސްބަތް ނުވުމަކީ ވަރަށް ގިނަ ތަކުލީފުތަކާ ކުރިމަތިލާން ޖެހި އެތައް ބައެއްގެ މަލާމާތް ލިބުނު ސަބަބެއްކަން އޭނާ ފާހަގަކުރިއެވެ. އެހެންކަމުން ހުރިހާ ކަމެއް ވެސް ކުރާނީ ރައްޔިތުންގެ ޙާލަތު އެނގިގެންކަމަށް ވަނީ ބުނެފައެވެ.
މީގެއިތުރުން، ނުވާކަންކަން ކުރުމަށް، ނޫނީ އޮޅުވާލުމަށް ވިޔަސް ދޮގު ވަޢުދެއް ނުކުރާނެކަމަށް އޭނާ ވަނީ ބުނެފައެވެ.