ޚަބަރު
ރައީސަށް ކުރި ސުވާލާ ގުޅިގެން "އަދަދު" ނޫހަށް ބޮޑެތި ފާޑުކިޔުންތަކެއް، ފިޔާޒާއި ޝަހުޒާން ހައްޔަރުކުރަން ގޮވާލަނީ
ފިޔާޒު އަދި ޝަހުޒާން -- ފޮޓޯ : ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި، "އަދަދު" ނޫހުގެ ޖާނަލިސްޓް މުޙައްމަދު ޝަހުޒާން ކުރި ސުވާލަކާ ގުޅިގެން މީސްމީޑިއާގައި ބޮޑު ބަހުސެއް އުފެދި، އެ ނޫހާއި އޭގެ އިސްވެރިންނަށް ގިނަ ބައެއްގެ ނުރުހުން އަމާޒުވެއްޖެއެވެ.
ރައީސް އޮފީހުގައި މަސައްކަތްކުރި އަންހެނަކާ ގުޅުވައިގެން ޝަހުޒާން ކުރި ސުވާލަށް ޖަވާބު ދެއްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށެވެ. އަދި މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ފަތުރާ މައްސަލަ ބަލަންޖެހޭ އިދާރާތަކުން ބެލުމަށް ރައީސް ވަނީ ގޮވާލައްވާފައެވެ.
މި މައްސަލައާ ގުޅިގެން މީސްމީޑިއާގައި އަޑުއުފުލަމުންދާ ފަރާތްތަކުން ބުނަނީ، އިސްލާމްދީނުގައި ޒިނޭގެ ތުހުމަތު ކުރުމަކީ ނުހަނު ބޮޑު ކަމެއް ކަމަށާއި، އެކަން ސާބިތުކުރުމަށް ބާލިޣުވެފައިވާ ހަތަރު ފިރިހެނުންގެ ހެކިބަސް ބޭނުންވާނެ ކަމަށެވެ. ނަމަވެސް "އަދަދު" ނޫހުން އާންމުކޮށްފައިވާ ވީޑިއޯއަކީ ކާކުކަން ނޭނގޭ އަންހެނަކު އަނދިރި ތަނެއްގައި ބައިންދައިގެން، މޫނު ނުފެންނަ ގޮތަށް ހަމައެކަނި އަޑު އިވޭ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.
މިކަމާ ގުޅިގެން އެތައް ބަޔަކު ދަނީ ޝަހުޒާން ބަންދުކުރުމަށް ގޮވާލަމުންނެވެ. މީގެ އިތުރުން "އަދަދު" ނޫހުގެ އެޑިޓަރ އިން ޗީފް ޙުސައިން ފިޔާޒު މޫސާ ހައްޔަރުކޮށް، އެ ނޫސް ބަންދުކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ. ފިޔާޒަކީ ނޫސްވެރިކަމުގެ ދާއިރާގައި 20 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މީހެކެވެ.
ނަމަވެސް، ފިޔާޒުގެ ތަޖުރިބާއަށް ބަލާއިރު އޭނާއަކީ ނޫސްވެރިކަމުގެ ނަމުގައި ފިތުނަ އުފައްދަމުންދާ މީހެއްގެ ގޮތުގައި އާންމުންގެ ގިނަ ބަޔަކު މިހާރު ސިފަކުރެއެވެ. ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅުތަކުގައި ފިޔާޒުގެ ދައުރު ފާހަގަކުރެވޭއިރު، މިއަދު ފެންމަތިވި މައްސަލައާއެކު އޭނާއާ މެދު އޮތް ފާޑުކިޔުންތައް ވަނީ ކުރިއަށްވުރެ ބޮޑުވެފައެވެ.
މި ހާދިސާއާ ގުޅިގެން ރާއްޖޭގެ ނޫސްވެރިކަމުގެ އަޚުލާގީ މިންގަނޑުތަކާ މެދު އަނެއްކާވެސް ވަނީ ސުވާލު އުފެދިފައެވެ.
ހަސަން ފުތާ
27/04/2026 18:09
ބަލަ ނޫސްވެރިޔާ އާރޓިކަލް ލިޔުއްވި އިރުގައި ހަނދުމަފުޅު ނެތިީތޯ، މާލޭގެ މަގުތަކުގައި އެލް ސޯފާ ގެ ވާހަކަ ގޮވާ އިރުގައި، ތިބުނާ ޒިނޭގެ ތުހުމަތު ކުރެވުނީމަ ތަހްޤީގު ކުރަން ގޮވާނުލެވުނީ! އެޑިޓަރ ކިހާ ފައިސާއެއް ދީގެންބާ!
ާިސހ
27/04/2026 19:54
ނޫސްވެރިކަމޭ،މިނިވަންކަމޭކިޔާފަ ކޮންމެފަދަސުވާލެއްވެސްކޮއްފާނެލައިވްޓީވީގައި.ބައެއްނޫސްވެރިންނަށްހީވަނީތިމާމެންނަށްބޭނުންއެއްޗެއްކިޔޭނޭ.އޭރަކުއިދިކޮޅުގަތިބޭބައިގަނޑުނިކުންނާނެދިފާއުގައި.
ދޮންދުބުރިމާ
27/04/2026 20:03
ކަނޑައެޅިގެން މި ދެ ނޫސްވެރިން ނަމުގައި އުޅޭ ފަސާދަ ވެރިން ވަގުތުން ވަގުތަށް ހައްޔަރު ކޮށް ސަރީއަތްކޮށް އެންމެ ހަރުކަށި އަދަބު ދިނުމަށް ގޮވާލަން
ލައްޓި
28/04/2026 13:54
އެދެމީހުން ހައްޔަރުކިރުން މާލަސްވެސް ވެއްޖެ އަދި އެދެމީހުން ބަންދުވެސް ކުރަންޖެހޭ އަދި ޕާސްޕޯޓްހިފަހައްޓަން ޖެހެނީ ފިޔާޒުގެއެކަނި ނޫން ދެމީހުނއގެވެސް ހިފަހައްޓަންޖެހޭ