Ads by Farudhun

ޚަބަރު

ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 2 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފި

ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 2 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފި

ރިޓަޔަރކުރެއްވި ދެ ބޭފުޅުން/ފޮޓޯ: ސްޓެލްކޯ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 02:45

16 އޭޕްރީލު 2026، 02:45

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވި 2 ބޭފުޅަކު ޝަރަފްވެރިކަމާއެކު ރިޓަޔަރކުރައްވައިފިއެވެ.

ސްޓެލްކޯއިން ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އިޚުލާސްތެރިކަމާއިއެކު އެ ކުންފުންޏަށް ޚިދުމަތްކޮށްދެއްވި ބައެއް ބޭފުޅުން ޝަރަފްވެރިކަމާއެކު ރިޓަޔަރކުރެއްވުމާއި ގުޅިގެން އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ޚާއްޞަ ޙަފްލާއެއް ބާއްވާފައިވާ ކަމަށެވެ.

މިއަދު ޝަރަފްވެރިކަމާއައެކު ޚިދުމަތުން ރިޓަޔަރ ކުރެއްވި ބޭފުޅުންނަކީ:

  • ސީނިއަރ ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޔޫސުފް މަނިކު: ޚިދުމަތުގައި 46 އަހަރާއި 10 މަސް
  • އެސިސްޓަންޓް ސަރވިސް އިންޖިނިއަރ އަލްފާޟިލް އަޙްމަދު ޙުސައިން: ޚިދުމަތުގައި 34 އަހަރާއި 10 މަސް

ސްޓެލްކޯ އިން ގެންދަނީ އަބަދުވެސް، އެ ކުންފުނީގައި މަސައްކަތް ކުރައްވާ ބޭފުޅުން އަގުވަޒަންކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450