Ads by Farudhun

ޚަބަރު

މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

މަޖިލީހުގެ މިހާރުގެ މެންބަރުންނާއި ކުރީގެ މެންބަރުންނަށް ހެލްތު އިންޝުއަރެންސް ދޭނެ ފަރާތެއް ހޯދަން އިޢުލާނުކޮށްފި

ރައްޔިތުންގެ މަޖިލިސް/ފޮޓޯ: މަޖިލިސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

16 އޭޕްރީލު 2026، 02:27

16 އޭޕްރީލު 2026، 02:27

ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރެއްވި ބޭފުޅުންނާއި، މަޖިލީހުގެ މިހާރުގެ މެންބަރުންނާއި، މެންބަރުންގެ ޑިޕެންޑެންޓުންނަށް ހެލްތު އިންޝުއަރެންސްގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ސަރުކާރުން އިޢުލާނުކޮށްފިއެވެ.

މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މަސައްކަތަށް ޝަރުތުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިން ކަމަށެވެ.

އެގޮތުން، މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭނެ މިންގަނޑުތައް ބީލަން ފޮތުގައި ތަފްޞީލުކޮށް ބަޔާންކޮށްފައިވާއިރު، މި ޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމުގެ ހުރިހާ ކަމެއް ކުރިއަށްދާނީ މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވުޒާރާގެ ބީލަން ޕޯޓަލް މެދުވެރިކޮށެވެ. ބީލަންވެރިން އެ ޕޯޓަލްގައި ރަޖިސްޓަރީވެ، ބީލަމާ ގުޅޭ އެންމެހައި މަޢުލޫމާތުތައް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެއް ކަމަށް އިޢުލާނުގައި ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން، މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި 60،500 ރުފިޔާ ހުށަހަޅަން ޖެހޭއިރު، ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހުގެ މުއްދަތެއްކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޭޕްރީލު 2026 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450