Ads by PNC

ޚަބަރު

މިޤައުމު ދަރުވާލަން އުޅުނު ބަޔަކާ، ޤައުމު އާރާސްތުކުރަން އުޅޭ ވެރިއަކާ ހާސްބައި ތަފާތު: ޔައިޝް

މިޤައުމު ދަރުވާލަން އުޅުނު ބަޔަކާ، ޤައުމު އާރާސްތުކުރަން އުޅޭ ވެރިއަކާ ހާސްބައި ތަފާތު: ޔައިޝް

ޕީއެންސީ ޒުވާނުންގެ ގޮފީގެ މެންބަރު މުހައްމަދު ޔައިޝް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

29 މާރިޗު 2026، 06:32

29 މާރިޗު 2026، 06:32

ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ނުހަނު މުހިންމު ކަމެއް ކަމަށާއި، މި ޤައުމު ދަރުވާލަން އުޅުނު ބަޔަކާ، ޤައުމު އާރާސްތުކުރަން އުޅޭ ވެރިއަކާ ހާސްބައި ތަފާތު ކަމަށް ޕީއެންސީ ޒުވާނުންގެ ގޮފީގެ މެންބަރު މުހައްމަދު ޔައިޝް ވިދާޅުވެއްޖެއެވެ.

ޔައިޝް މިހެން ވިދާޅުވީ، ދެ އިންތިޚާބު އެއްކޮށްލުމާ ގުޅޭގޮތުން ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން މިކަމާ ގުޅޭގޮތުން ރައްޔިތުންނަށް ދޮގު މަޢުލޫމާތު ފަތުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެ އިންތިޚާބު އެއްކޮށްލުމަކީ އެއީ ވާނެ ކަމެއްވެސް ނޫން. އިދިކޮޅުން މި ފަތުރަނީ ރިޔާސީ އިންތިޚާބު ދިގުދަންމަން އުޅޭ ކަމުގެ ދޮގު ވާހަކަތަކެއް. ހަޤީޤަތަކީ ރިޔާސީ އިންތިޚާބު އޮންނަ ދުވަހު މަޖިލިސް އިންތިޚާބު ބާއްވަން މިއުޅެނީ، ޔައިޝް 

މި ބަދަލު ގެންނަން ޖެހޭ ސަބަބުތައް ހާމަކުރައްވަމުން ޔައިޝް ވިދާޅުވީ، މިހާރަކަށް އައިސް އިންތިޚާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށެވެ. އެހެންކަމުން ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވެގެންދާނެ ކަމަށް އޭނާ ޤަބޫލުކުރައްވައެވެ. މީގެ އިތުރުން، ރިޔާސީ އިންތިޚާބަށްފަހު ހަމަސް ދުވަސް ވަންދެން ކެމްޕޭން ކުރުމުގައި ހޭދަވާ ވަގުތު ސަލާމަތް ކުރެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ކެމްޕޭނަށް ހޭދަވާ އެ ހަމަސް ދުވަސް އަޅުގަނޑުމެންނަށް ލިބޭނީ މި ޤައުމުގެ ތަރައްޤީއާ މުސްތަޤުބަލަށް ވިސްނަން. ނުނިމި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން އެ ވަގުތު ބޭނުންކުރެވޭނެ،" ޔައިޝް އިތުރަށް ވިދާޅުވިއެވެ.

ޔައިޝްގެ ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ޤައުމު އާރާސްތުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ތައުރީފު ކުރެއްވިއެވެ. އަދި މިދިޔަ ސަރުކާރުން ޤައުމު ދަރުވާލަން ކުރި މަސައްކަތްތަކާއި، މިހާރުގެ ވެރިކަމާ ދެމެދު އޮތް ބޮޑު ތަފާތު ރައްޔިތުންނަށް އެނގެން ޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ބަދަލަކީ އިދިކޮޅު ފަރާތްތަކުން ފަތުރާ ދޮގު ވާހަކަތަކަށް ނުހެއްލި، ޤައުމުގެ ހަމަޖެހުމާއި ތަރައްޤީއަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޔައިޝް ސިފަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450