Ads by PNC

ޚަބަރު

ހަނގުރާމައާއި ގުޅިގެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާތަކެއް

ހަނގުރާމައާއި ގުޅިގެން ޞިއްޙީ ދާއިރާގެ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މަޝްވަރާތަކެއް

މަޝްވަރާ ބައްދަލުވުން/ފޮޓޯ: ވުޒާރާ

24 މާރިޗު 2026، 10:28

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ޞިއްޙީ ދާއިރާއިން ދެމުންދާ ޚިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޞިއްޙީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ޞިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހިމް އާއި، ޞިއްޙީ ވުޒާރާގެ އިސްވެރިންގެ އިތުރުން، ސްޓޭޓް ޓްރޭޑް އޯގަނައިޒޭޝަން (އެސްޓީއޯ)، އާސަންދަ، އެންއެސްޕާ އަދި ރާއްޖެއަށް ބޭސް އެތެރެކުރުމުގެ މަސައްކަތަށް ޚާއްޞަކޮށް އުފައްދާފައިވާ ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ ފަރާތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާފައިވާ ކަންތައްތަކުގެ ތެރޭގައި ކްރިޓިކަލް ބޭހާއި ކޮންސިއުމަބަލްސް އެތެރެކުރުން އަވަސްކުރުން ހިމެނެއެވެ. ހަމަ އެއާއެކު، ޕްރޮސެސްތައް ސްޓްރީމްލައިން ކުރުމާއި، ރާއްޖޭގެ ހޮސްޕިޓަލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބޭނުންވާ އެހެނިހެން ޞިއްޙީ ސާމާނު މެދުކެނޑުމެއްނެތި ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެއެވެ.

މެދު އިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާއި ގުޅިގެން ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަތުވެދާނެ ލޮޅުންތައް ކުޑަކުރުމަށް ސަރުކާރުން ދަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450