Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު ޖަރުމަނުގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވައިފި

ރައީސް މުޢިއްޒު ޖަރުމަނުގެ ރައީސާ ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތައް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ފެބްރުއަރީ 2026، 09:00

10 ފެބްރުއަރީ 2026، 09:00

ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރގެ ރަސްމީ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެޤައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދެ ޤައުމުގެ ސަރުކާރުގެ މެދުގައި ބާއްވާ ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.

ޖަރުމަނުވިލާތުގެ ރިޔާސީ ގަނޑުވަރުގައި ކުރިއަށްދިޔަ މި މަޝްވަރާތަކުގައި ދެ ޤައުމުގެ އިސްވެރިން ވަނީ ރާއްޖެއާއި ޖަރުމަނާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ޚާއްޞަކޮށް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށާއި، ކުރިއަށް އޮތް ތަނުގައި މި ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމުގެ އުއްމީދު ދެ ލީޑަރުންވެސް ވަނީ އައުކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން، ބަރލިންގައި ހުންނަ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެތަނުގައި "މޫސުމީ ބަދަލަށް ހޭނުމުގައި ދިވެހިރާއްޖޭގެ ތަޖުރިބާ" މި މައުޟޫޢަށް އެމަނިކުފާނު ތަޤުރީރު ކުރައްވާނެއެވެ. މީގެ އިތުރުން، ޖަރމަން ކައުންސިލް ފޮރ ފޮރިން ރިލޭޝަންސަށް ޒިޔާރަތް ކުރައްވައި، ޚާރިޖީ ދާއިރާއާ ގުޅުންހުރި މުހިންމު ތަޤުރީރެއް ދެއްވުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޖަރުމަނަށް ކުރައްވާ މި ދަތުރުފުޅަކީ ވަރަށް ތާރީޚީ ދަތުރުފުޅެކެވެ. ސަބަބަކީ މި ދަތުރުފުޅު ދިމާވަނީ ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ޚާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ އަލިމާސް ޔޫބީލް މުނާސަބަތާ އެވެ. ދެ ޤައުމުގެ ދެމެދުގައި ރަސްމީކޮށް ޚާރިޖީ ގުޅުން ގާއިމުކުރެވުނީ 5 ޖުލައި 1966 ގައެވެ.

މި ދަތުރުފުޅުގެ ސަބަބުން ވިލާތުގެ ބާރެއް ކަމަށްވާ ޖަރުމަނާއެކު އޮތް ގުޅުން އިތުރަށް ހަރުދަނާވެ، ތަޢުލީމީ، އިޤްތިޞާދީ އަދި ތިމާވެށީގެ ދާއިރާއިން އައު ފުރުޞަތުތަކެއް ފަހިވެގެންދާނެ ކަމަށް ބެލެވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450