ޚަބަރު
ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި ބާއްވަނީ
މިދިޔަ އަހަރުގެ އިޙްޔާ ފޯރަމެއްގެ ތެރެއިން/ފޮޓޯ: ވުޒާރާ
1447 ވަނަ އަހަރުގެ ރަމަޟާން މަހު އަތޮޅު އިޙްޔާ ފޯރަމް 10 ރަށެއްގައި ބޭއްވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނިންމައިފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އަހަރުގެ އިޙްޔާ ފޯރަމްތައް ބާއްވާނެ ރަށްތައް ފައިނަލްކޮށްފައި ވަނީ، އެކަމަށް އެދި ރަށްރަށުގެ ކައުންސިލްތަކުން ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކަށް ބަލައި، އެ ރަށްރަށުގައި މިފަދަ ޕްރޮގްރާމެއް ހިންގުމަށް ހުރި ތައްޔާރީތަކާއި އިންތިޒާމުތަކަށް ވަރަށް ފުރިހަމައަށް ރިޢާޔަތްކުރުމަށްފަހުގައި ކަމަށެވެ.
އެގޮތުން، މިއަހަރު އިޙްޔާ ފޯރަމްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ތިނަދޫ ސިޓީ، ތ. ދިޔަމިގިލި، ގދ. މަޑަވެލި، ގދ. ގައްދޫ، ހއ. އިހަވަންދޫ، ޅ. ނައިފަރު، ކ. ހިންމަފުށި، ކ. ގުރައިދޫ، ލ. މާވަށް އަދި ރ. މީދޫގައެވެ.
އަތޮޅުތަކުގެ އިޙްޔާ ފޯރަމްތަކުގެ ތާވަލު:
-
ފޯރަމް 1 : ތ. ދިޔަމިގިލި
3 ރަމަޟާން 1447 (20 ފެބްރުއަރީ 2026، ހުކުރު)
މައުޟޫއު: ރަމަޟާން މަހުގެ މާތްކަން
ޢިލްމުވެރިޔާ: އައްޝައިޚް ޢާޒިމު ޙާލިދު
-
ފޯރަމް 2 : ގދ. ތިނަދޫ
6 ރަމަޟާން 1447 (23 ފެބްރުއަރީ 2026، ހޯމަ)
މައުޟޫއު: އަޅުކަންތަކުގައި އެކުލެވޭ ޢިބުރަތްތައް
ޢިލްމުވެރިޔާ: އައްޝައިޚް ޢުސާމް މުޙައްމަދު ސަޢީދު
-
ފޯރަމް 3 : ރަށް: ގދ. މަޑަވެލި
7 ރަމަޟާން 1447 (24 ފެބްރުއަރީ 2026، އަންގާރަ)
މައުޟޫއު: ޤުރްއާނުގެ އުންމަތް
ޢިލްމުވެރިޔާ: އައްޝައިޚް ޢަބްދުﷲ މިފްޒާލު
-
ފޯރަމް 4 : ގދ. ގައްދޫ
8 ރަމަޟާން 1447 (25 ފެބްރުއަރީ 2026، ބުދަ)
މައުޟޫއު: ނަބަވީ މަދަރުސާ: އުނގަންނައި ދިނުމުގެ ލާމަސީލު ނަމޫނާ
ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު އިމްތިތާޢު
-
ފޯރަމް 5 : ހއ. އިހަވަންދޫ
10 ރަމަޟާން 1447 (27 ފެބްރުއަރީ 2026، ހުކުރު)
މައުޟޫއު: މައިންބަފައިންނާއި ދަރިންގެ ގުޅުން – ހުސްކަން ނައްތާލުން
ޢިލްމުވެރިޔާ: އައްޝައިޚް މުޙައްމަދު ސާމީ
-
ފޯރަމް 6 : ރަށް: ޅ. ނައިފަރު
14 ރަމަޟާން 1447 (3 މާރޗު 2026، އަންގާރަ)
މައުޟޫއު: ހިތުގެ ހަމަޖެހުން
ޢިލްމުވެރިޔާ: އައްޝައިޚް މުޠީޢު އިސްމާޢީލު
-
ފޯރަމް 7 : ކ. ހިންމަފުށި
15 ރަމަޟާން 1447 (4 މާރޗު 2026، ބުދަ)
މައުޟޫއު: އަޅުކަން މަޤުބޫލުވުން
ޢިލްމުވެރިޔާ: އައްޝައިޚް ޙަސަން ތަޢުފީޤު
-
ފޯރަމް 8 : ކ. ގުރައިދޫ
17 ރަމަޟާން 1447 (6 މާރޗު 2026، ހުކުރު)
މައުޟޫއު: އިންސާނާއަށް ދެއްވާފައިވާ ނިޢުމަތްތަކާ މެދު ސުވާލުވެވޭނެ
ޢިލްމުވެރިޔާ: އައްޝައިޚް އަޙްމަދު މަޢުމޫން
-
ފޯރަމް 9 : ލ. މާވަށް
20 ރަމަޟާން 1447 (9 މާރޗު 2026، ހޯމަ)
މައުޟޫއު: ފާފައިގެ އަޡަރު – ދުނިޔެއާއި އާޚިރަތުގައި
ޢިލްމުވެރިޔާ: އައްޝައިޚް ޢަޠީފް އަބޫބަކުރު
-
ފޯރަމް 10 : ރ. މީދޫ
22 ރަމަޟާން 1447 (11 މާރިޗު 2026، ބުދަ)
މައުޟޫއު: ދީނުގައި ސާބިތުވުން
ޢިލްމުވެރިޔާ: އައްޝައިޚް ޢަލީ ޝަހީދު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ސިލްސިލާ ފޯރަމްތަކުގެ މައިގަނޑު މަޤްޞަދަކީ ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، ބަރަކާތްތެރި ރަމަޟާން މަހުގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ޢާންމުންނަށް ފޯރުކޮށްދިނުން ކަމަށެވެ. މީގެ އިތުރުން، މިއަހަރުގެ އިޙްޔާ ފޯރަމްތަކަށް ހާޒިރުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން، ހޮވޭ ނަސީބުވެރިންނަށް އަގުހުރި ޚާއްޞަ އިނާމުތަކެއް ދިނުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.