ޚަބަރު
އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 59 އަހަރުގެ ޤައިދީއެއް ނިޔާވެއްޖެ
އައިޖީއެމްއެޗް/ފޮޓޯ: ސަން އެމްވީ
އައިޖީއެމްއެޗުގައި ފަރުވާދެމުންދިޔަ 59 އަހަރުގެ ޤައިދީއެއް ނިޔާވެއްޖެ އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) އިން ވިދާޅުވީ، މިއަދު ހެނދުނު ނިޔާވެފައިވަނީ ހުޅުމާލޭ ޖަލުގައި ޙުކުމް ތަންފީޛު ކުރަމުންދިޔަ ދަފްތަރު ނރ. 439 / އިބްރާހިމް ސުޙެއިލް (53އ) ކަމަށެވެ.
އެގޮތުން، އިބްރާހިމް ސުޙެއިލްގެ ޞިއްޙީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ގެންދާތާ ހަފްތާއެއް ވެފައިވާކަމަށް ކަރެކްޝަނަލް ސަރވިސް އިން މަޢުލޫމާތުދެއެވެ. އަދި އިބްރާހިމް ސުޙެއިލް ނިޔާވެފައި ވަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް ނިއުމޯނިއާ ޖެހިގެން، މިއަދު ހެނދުނު 9:05 ހާއިރުގައިކަމަށް ކަރެކްޝަންސް އިން ވިދާޅުވިއެވެ. މިމީހާއަކީ 2025 ގައި ސްޓްރޯކެއް ޖެހިގެން، އެކަމަށް ފަރުވާ ހޯދަމުން އައިމީހެއްކަން ފާހަގަކޮށްލެވެއެވެ.
އެމްސީއެސް އިން ވިދާޅުވީ، އިބްރާހީމް ސުޙެއިލް ނިޔާވުމުން ވަގުތުން އެކަން މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި، އޭނާގެ ޢާއިލާއަށާއި، އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށެވެ.