Ads by Stelco

ޚަބަރު

ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑް އިންޝުއަރެންސްއާއެކު އެއްބަސްވުމެއް

ރައްކާ ރޯޑް ސޭފްޓީ އެވެއާނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް އެލައިޑް އިންޝުއަރެންސްއާއެކު އެއްބަސްވުމެއް

އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ފެބްރުއަރީ 2026، 10:56

02 ފެބްރުއަރީ 2026، 10:56

މި އަހަރުގެ ރައްކާ ރޯޑް ސޭފްޓީ އެވެއަރނެސް ކެމްޕެއިން ކުރިއަށް ގެންދިއުމަށް ދިވެހި ފުލުހުންގެ ޚިދުމަތާއި އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެލައިޑް އިންޝުއަރެންސް ކޮމެޕްނީގެ 41 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ކުންފުނީގައި އޮތް ޚާއްޞަ ރަސްމިއްޔާތުގައި، މި އެއްބަސްވުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އަދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ލުވައިޒްއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ފުލުހުން ކުރާ މަސައްކަތުގައި އެލައިޑް އިންޝުއަރެންސް ކޮމްޕެނީން ވަރަށް މުހިިންމު ދައުރެއް އަދާކުރާކަން ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ، އެލައިޑް އިންޝުރެންސް ކުންފުންޏަކީ ރައްކާގެ އެންމެ ދުވަސްވީ ޕާޓްނަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެ ކުންފުންޏަށް ސީޕީ  ނަވީން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، މާލެ ޕޮލިސް ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފްއާއި، ޓްރެފިކް ޕޮލިސް އަދި ރޯޑް މެނޭޖްމަންޓް ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ އަންޑަރ ރައިޓިންގ އޮފިސަރ ލޫލިއާނާ ރުސެއިއާއި ޖެނެރަލް މެނޭޖަރ ނަސްރަތު މުޙައްމަދު ބައިވެރިވެލެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450