ދުނިޔެ

ޚާމަނާއީއަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކީ މުޅި އީރާނު ދައުލަތާއި ރައްޔިތުންނާ ދެކޮޅަށް އިޢުލާންކުރާ ހަނގުރާމައެއް : ޕެޒެޝްކިއަން

ޚާމަނާއީއަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކީ މުޅި އީރާނު ދައުލަތާއި ރައްޔިތުންނާ ދެކޮޅަށް އިޢުލާންކުރާ ހަނގުރާމައެއް : ޕެޒެޝްކިއަން

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަދި އެޤައުމުގެ އެންމެ މަތީ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

19 ޖެނުއަރީ 2026، 05:46

19 ޖެނުއަރީ 2026، 05:46

އީރާނުގެ އިސް ފަރާތްތަކަށާއި، ޚާއްޞަކޮށް އެޤައުމުގެ އެންމެ މަތީ ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީއަށް އަމާޒުކޮށް ދޭ ކޮންމެ ހަމަލާއަކީ މުޅި އީރާނު ދައުލަތާއި ރައްޔިތުންނާ ދެކޮޅަށް އިޢުލާންކުރާ ހަނގުރާމައެއްގެ ގޮތުގައި ބަލާނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އާދީއްތަ ދުވަހު ވިދާޅުވެއްޖެއެވެ.

ރައީސް ޕެޒެޝްކިއަން މިހެން ވިދާޅުވީ، އެމެރިކާގެ  ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނުގެ ވެރިކަން ބަދަލުކުރަން ޖެހޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވަމުންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޕެޒެޝްކިއަން ވިދާޅުވީ، ޤައުމުގެ މަތީ ރޫހާނީ ލީޑަރަށް އުނިކަމެއް ދިނުމަކީ އީރާނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ އިޢުލާންކުރުމާ އެއްވަރުގެ ކަމެއް ކަމަށެވެ.

އީރާނުގައި އިޤްތިޞާދީ ދަތިތަކާ ގުޅިގެން ފެށުނު މުޒާހަރާތަކަށް ފަހު، 10 ދުވަހަށް މެދުކަނޑާލާފައި އޮތް އިންޓަނެޓްގެ ޚިދުމަތް މިހާރު ވަނީ އަލުން ދޭން ފަށާފައެވެ. މިދިޔަ ޑިސެމްބަރު މަހު ފެށުނު މި މުޒާހަރާތަކަކީ ފަހުގެ ތާރީޚެއްގައި އީރާނުގެ ސަރުކާރަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ. އީރާނު ސަރުކާރުން ތުހުމަތުކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ އެމެރިކާއާއި އިޒްރޭލުގެ ނުފޫޒެވެ.

މި މުޒާހަރާތަކާ ގުޅިގެން ޓްރަމްޕް ވަނީ މުޒާހަރާގެ ބައިވެރިންނަށް އަނިޔާކޮށްފިނަމަ އީރާނަށް އަސްކަރީ ފިޔަވަޅުތަކާ ކުރިމަތިލާން ޖެހޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އީރާނުގެ މަރުކަޒީ ސަރަޙައްދުތަކުގައި މިހާރުވެސް ސަލާމަތީ ބާރުތަކުން ދަނީ ޓޭންކުތަކާއި ސައިކަލުތަކުގައި ފޯރިމަރަމުންނެވެ. އަދި ތެހެރާންގެ މަގުމަތީގައި ހަރުކޮށްފައިވާ ބެނާތަކުގައި ޝާހް، ސައްދާމް ހުސައިން އަދި ޓްރަމްޕްގެ ފޮޓޯތައް ހިމެނޭ "ޑޮމިނޯސް" ވެއްޓޭ މަންޒަރު ދައްކުވައިދޭ ކުރެހުންތައް ވަނީ ބަހައްޓާފައެވެ.

އީރާނުގެ މަތީ ރޫހާނީ ލީޑަރ ޚާމަނާއީ ވިދާޅުވި ގޮތުގައި، އެމެރިކާއާއި އިޒްރޭލުގެ އޭޖެންޓުންގެ ސަބަބުން ހިނގި މި ހަމަނުޖެހުންތަކުގައި "މަދު " ބަޔަކު ވަނީ މަރުވެފައެވެ. އަދި ހަމަނުޖެހުން ހިންގާ މީހުންގެ "ބުރަކަށި ބިންދާލުމަށް" ސަރުކާރަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

އީރާނުގެ ޖުޑީޝަރީގެ ތަރުޖަމާނު އަސްގަރު ޖަހާންގީރު ވިދާޅުވީ، ހަމަނުޖެހުން ހިންގައި ލޭއޮހޮރުވުމަށް ހިތްވަރުދިން މީހުންގެ މައްޗަށް "މުހާރިބާ" ނުވަތަ "ދީނާ ދެކޮޅަށް ހަނގުރާމަ ކުރުން" ފަދަ ބޮޑެތި ދަޢުވާތައް އުފުލައި، އަވަސް މުއްދަތެއްގައި ޝަރީޢަތްތައް ފަށާނެ ކަމަށެވެ. މީގެ ތެރޭގައި މަރުގެ އަދަބު ދިނުން ހިމެނޭތީ ބައިނަލްއަޤްވާމީ މުޖުތަމަޢުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450