ވިޔަފާރި

އެސްއެމްއީން ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭ ސްކީމެއް ތަޢާރަފްކޮށްފި

އެސްއެމްއީން ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭ ސްކީމެއް ތަޢާރަފްކޮށްފި

ފޮޓޯ: އެސްއެމްއީ

farudhun logo

ފަރުދުން

04 ޖެނުއަރީ 2026، 12:10

04 ޖެނުއަރީ 2026، 12:10

އެސްއެމްއީ ޑިޖިޓަލްއިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ތަރައްގީ ކުރުމަށް ދިމާވެފައިވާ މާލީ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް "ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ" ނަމުގައި އައު ފައިނޭންސިންގ ޕްރޮޑަކްޓެއް މިއަދު ތައާރަފްކޮށްފިއެވެ. 

އެސްއެމްއީން ވިދާޅުވީ، މި ފައިނޭންސިންގެ މަޤްޞަދަކީ މިހާރުވެސް ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެ ފަރާތްތަކުގެ ވިޔަފާރި އިތުރަށް ތަރައްޤީކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. މިގޮތުން، ވިޔާފާރިތަކަށް ބޭނުންވާ ހަރުމުދާ ގަތުމަށާއި، އާމްދަނީ އިތުރުކުރުމަށް އައު ދާއިރާތަކަށް ވިޔަފާރި ފުޅާކުރުމަށް ބޭނުންވާ ފައިނޭންސް ހޯދުމަށް ފުރުސަތު ފަހިވެގެންދާނެ ކަމަށާއި، އުފެއްދުންތެރިކަން އިތުރުކުރުމަށާއި ވިޔަފާރި ފުޅާކުކުރުމަށް އައު އައުޓްލެޓްތައް ހުޅުވުމަށްވެސް މި ފައިނޭންސިންގ ބޭނުން ކުރެވިދާނެ ކަމަށް އެސްއެމްއީން މަޢުލޫމާތު ދެއްވައެވެ. 

މި ފައިނޭންސިންގެ ދަށުން އެއްވެސް ރަހުނަކާނުލާ 1،000،000 ރުފިޔާއާ ހަމައަށް ފައިނޭންސް ފޯރުކޮށްދޭއިރު، ޖުމްލަ 5،000،000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ލިބޭނެއެވެ. ވިޔަފާރިތަކަށް ލުއި ފަސޭހަ އިންތިޒާމެއްގެ ދަށުން ފައިސާ އަނބުރާ ދެއްކުމުގެ ފުރުސަތު ދިނުމަށް، ފެސިލިޓީ އަނބުރާ ދެއްކުމަށް 10 އަހަރުގެ މުއްދަތެއް ލިބޭނެއެވެ. މި މުއްދަތުގެ ތެރޭގައި 12 މަސްދުވަހާ ހަމައަށް ލިބޭ ގްރޭސް ޕީރިއަޑެއް ހިމެނޭނެއެވެ.

"ބިޒްނަސް އެކްސްޕޭންޝަން ފައިނޭންސިންގ މެދުވެރިކޮށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެ ފަރާތްތަކުގެ މަސައްކަތްތައް އިތުރަށް ފުޅާކޮށް، ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް ބޮޑު މާލީ އެހީތެރިކަމެއް ލިބިގެންދާނެ. މި ފައިނޭންސިންގެ އެހީގައި ވިޔަފާރިތައް ތަރައްގީކޮށް، ކުރިއަށް އޮތް މަރުހަލާއަށް ވާސިލްވުމަށް އެހީތެރިވެދޭނެ. މިއީ އުފެއްދުންތެރިކަން އިތުރުކުރުމަށާއި، އައު މާކެޓްތަކަށް ވަނުމަށާއި އަދި އައު އައުޓްލެޓްތައް ހުޅުވައި ވިޔަފާރީގެ ކުރިމަގު އުޖާލާކުރުމަށް ލިބޭ ރަނގަޅު ފުރުސަތެއް. އަދި މީގެ ހެޔޮ އަސަރު މުޅި އިގްތިސޯދަށް ކުރާނެ ކަމަށް ލަފާކުރެވޭ"

އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވިއެވެ. 

މި ފައިނޭންސިންނަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލްގެ ވެބްސައިޓްގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް ހުޅުވާލާފަ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450