ޚަބަރު
ޤައުމީ ޒުވާނުންގެ ކޮންފަރެންސް 93 ބައިވެރިންނާއެކު ފަށައިފި
ކޮންފަރެންސްގެ ތެރެއިން/ފޮޓޯ: ވުޒާރާ
ގިނަ ދާއިރާތަކެއްގައި ޙަރަކާތްތެރިވާ ޒުވާނުން ހިމަނައިގެން ކުރިއަށްގެންދާ ޤައުމީ ޒުވާނުންގެ ކޮންފަރެންސް ޖުމްލަ 93 ބައިވެރިންނާއެކު ފަށައިފިއެވެ.
"ނޭޝަނަލް ޔޫތު ކޮންފެރެންސް" ގެ ނަމުގައި ކުރިއަށްގެންދާ މި ކޮންފަރެންސަކީ، ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑާއި، ޒުވާނުން ބާރުވެރި ކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.
މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް މާލޭގައި ހުންނަ ޔޫތު ހަބްގައި ކުރިއަށް ގެންދާ މިކޮންފަރެންސްގައި އެކި ދާއިރާތަކުން ޖުމްލަ 93 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހިމް ވަހީދާއި، އެ ވުޒާރާގެ އިސްވެރިންނާއި، ޔޫތު އެޑްވައިޒަރީ ބޯޑުގެ މެމްބަރުން ބައިވެރިވެލެއްވިއެވެ.
The National Youth Conference, organized by the Presidential Youth Advisory Board, was inaugurated by Minister of Youth Ibrahim Waheed. The two-day event brings together youth from across the Maldives for sessions and discussions on youth leadership and national development. pic.twitter.com/vG6oOTeVjE
— Ministry of Youth Empowerment, Information and Art (@YouthGovMv) December 22, 2025
ޒުވާނުން ބާރުވެރިކުރުވުމާއި މަޢުލޫމާތާއި ފަންނާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ޔޫތު ކޮންފަރެންސްގެ އަމާޒަކީ، ޒުވާނުންގެ ހުރި ކަންބޮޑުވުންތައް ބަލާ، އެ ކަންބޮޑުވުންތަކަށް ވަށާޖެހޭ ޙައްލެއް ހޯދުމާއި، ޒުވާނުންގެ ޤައުމީ ސިޔާސަތެއް އެކުލަވާލުން ކަމަށެވެ. ހަމަ އެހެންމެ. މި ކޮންފަރެންސްގައި ޒުވާނުންގެ ޚިޔާލާއި، މަޝްވަރާ ހޯދުމުގެ އިތުރުން ޒުވާނުން ކުރިއެރުވުމަށްޓަކައި މަސައްކަތްކޮށްދިނުމަށް ހަމަޖެހިފައިވާއިރު، މި ކޮންފަރެންސްގައި ޖުމްލަ 6 މަޢުޟޫއަކަށް ބަހާލައިގެން މަސައްކަތު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.
މި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.