ދުނިޔެ

ލަންކާގެ އެތައް ސަރަޙައްދެއްގައި ބިންގަނޑު ކަނޑައިގެން ގޮއްސި، މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި؛ 7 މީހަކު ގެއްލިގެން ހޯދަނީ!

ލަންކާގެ އެތައް ސަރަޙައްދެއްގައި ބިންގަނޑު ކަނޑައިގެން ގޮއްސި، މަރުވި މީހުންގެ އަދަދު 11 އަށް އަރައިފި؛ 7 މީހަކު ގެއްލިގެން ހޯދަނީ!

ލަންކާގެ ބިންގަނޑު ކަނޑައިގެން ދިއުން ފޮޓޯ: އަދަދެރަނަ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ނޮވެމްބަރު 2025، 11:57

27 ނޮވެމްބަރު 2025، 11:57

ސްރީލަންކާގެ ބަދުއްލާ ޑިސްޓްރިކްޓްގެ ހަތް ސަރަހައްދަކަށް މޫސުން ގޯސްވުމުގެ ސަބަބުން ކުރިމަތިވި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 11 އަށް އަރައިފިއެވެ. މިހާރުވެސް 7 މީހަކު ގެއްލިގެން އުޅޭކަމަށް ރިޕޯޓްކޮށްފައިވެއެވެ.

ބަދުއްލާ ޑިސްޓްރިކްޓްގެ ސެކްރެޓަރީ، ޕަންޑޫކާ އަބޭވަރުދީނާ ވިދާޅުވީ، މި ހާދިސާގައި ގެއްލިގެން ހޯދަމުންދާ މީހުންގެ އަދަދު 7 އަށް އަރާކަމަށެވެ. އިއްޔެ (ޖޫން 26) ހިނގި ވިއްސާރައިގެ ސަބަބުން އެ ޑިސްޓްރިކްޓްގެ ގިނަ ސަރަހައްދުތަކެއްގައި ބިންގަނޑު ކަނޑައިގެން ގޮސްފައިވާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ގެއްލިގެން ހޯދަމުންދާ މީހުން ހޯދުމަށް ސަލާމަތީ ޓީމުތަކުން މިހާރުވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

މި ދަނޑިވަޅުގައި، ނޭޝަނަލް ބިލްޑިންގ އެންޑް ރިސަރޗް އޯގަނައިޒޭޝަން (އެން.ބީ.އާރު.އޯ) އިން ވަނީ ބަޑުއްލާ، ކެންޑީ، މާލެބޭ އަދި ނުވަރަ އެލިޔާ ޑިސްޓްރިކްޓްގެ ބައެއް ސަރަހައްދުތަކަށް 'ލެވެލް-3' ގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ އިންޒާރު ނެރެފައެވެ. މި އިންޒާރު މިރޭ 8:30 އާ ހަމައަށް ބާރުގަދަވާނެ ކަމަށް އެން.ބީ.އާރު.އޯ އިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން