Ads by Ministry of Arts, Culture and Heritage

ޚަބަރު

ތުއްތު ކުދިންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމެއް ފެނުމާ ގުޅިގެން އެ އުފެއްފުން ވިއްކުން މަނާކޮށްފި

ތުއްތު ކުދިންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމެއް ފެނުމާ ގުޅިގެން އެ އުފެއްފުން ވިއްކުން މަނާކޮށްފި

ފޯމިއުލާ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

24 ނޮވެމްބަރު 2025، 10:44

24 ނޮވެމްބަރު 2025، 10:44

ތުއްތު ކުދިންނަށް ދޭ ފޯމިއުލާއަކުން ޖަރާސީމެއް ފެނުމާއި ގުޅިގެން އެ އުފެއްފުން ރާއްޖެ އެތެރެކޮށް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުއްވި އިޢުލާނެއްގައި ވިދާޅުވީ، މި ފޯމިއުލާއިން ފެނުނު ޖަރާސީމަކީ 'ބޮޓުލިޒަމް' ކިޔާ ބައްޔެއް ފަތުރާ ޖަރާސީމެއް ކަމަށެވެ.

އެ އޮތޯރިޓީން ވިދާޅުވީ، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އުފައްދާފައިވާ އިންފެންޓް ފޯމިއުލާއެއް ކަމަށްވާ "ByHeart Whole Nutrition Infant Formula" އިން 'ކްލޮސްޓްރިޑިއަމް ބޮޓުލިނަމް' ޖަރާސީމު ފެނިފައިވާ ކަމަށެވެ. އެހެންކަމުން، މި އުފެއްދުން ބާޒާރުން ނެގުމަށާއި، ނުވިއްކުން، އަދި ނައްތާލުމަށް ޔޫ.އެސް އެފް.ޑީ.އޭ އިން އަންގާފައިވާކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާގެ އިންޓަރނޭޝަނަލް ފުޑް ސޭފްޓީ އޮތޯރިޓީސް ނެޓްވާރކް މެދުވެރިކޮށް އެމްއެފްޑީއޭ އަށް ހިއްސާކޮށްފައިވާކަމަށް އެ އޮތޯރިޓީން ވިދާޅުވިއެވެ.

އެމްއެފްޑީއޭ އިން އިތުރަށް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ ގޮތުން މިއަދުން ފެށިގެން މި އުފެއްދުން ދިވެހިރާއްޖެއަށް އެތެރެކުރުމާއި ވިއްކުމަކީ މަނާކަމެއް ކަމަށެވެ.

Ads by Ministry of Arts, Culture and Heritage

Ads by Ministry of Arts, Culture and Heritage

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450