ދުނިޔެ

އަލާސްކާގެ ޔުޓްކިއަގްވިކްގައި 66 ދުވަހަށް ދެމިގެންދާ ދިގު ރޭގަނޑެއް ފެށިއްޖެ!

އަލާސްކާގެ ޔުޓްކިއަގްވިކްގައި 66 ދުވަހަށް ދެމިގެންދާ ދިގު ރޭގަނޑެއް ފެށިއްޖެ!

އަލަސްކާއަށް އަނދިރިކަން ކުރިމަތިވެފައި

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 ނޮވެމްބަރު 2025، 04:17

20 ނޮވެމްބަރު 2025، 04:17

އެމެރިކާގެ އުތުރުގެ ހިސާބެއްގައި، އަލާސްކާގެ ޔުޓްކިއަގްވިކްގެ ރައްޔިތުންނަށް ކޮންމެ އަހަރަކު ދެ މަސް ދުވަހަށްވުރެ ގިނަ ދުވަހު  އަނދިރީގައި ދިރިއުޅެން ޖެހެ އެވެ. އަލާސްކާގެ އެންމެ އުތުރުގައި އޮންނަ މި ރަށުގައި މި އަހަރުވެސް ދެ މަސް ދުވަހުގެ ދިގު ރޭގަނޑެއް ފަށައިފި އެވެ.

އާކްޓިކް ސަރަހައްދުގައި ހިމެނޭ މި ރަށަކީ ކޮންމެ އަހަރަކުވެސް "ޕޯލާރ ނައިޓް" ގެ ނަމުން މަޝްހޫރުވެފައިވާ ގުދުރަތީ ކަންތައްތަކެއް ތަޖުރިބާ ކުރާ ރަށެކެވެ. މިއީ ދުނިޔެ އޭގެ ތަރަހައިގައި ހިނގާ އިރު އިރު އޭގެ ހޮރައިޒަން އިން ތިރިއަށް ޖެހުމުނ ްމެދުވެރިވާ ކަމެކެވެ.

2025 ވަނަ އަހަރު މި ރަށުގައި އިރު އޮއްސޭނީ ނޮވެމްބަރު 18 ވަނަ ދުވަހުގެ މެންދުރުފަހު 1:36 ގަ އެވެ. ދެން އިރު  ނާރާނެއެވެ. ޖެނުއަރީ 23 ވަނަ ދުވަހުގެ މެންދުރުފަހާ ހަމައަށް 66 ދުވަސް ވަންދެން މި ރަށުގެ ރައްޔިތުންނަށް އިރު ނުފެންނާނެ އެވެ. މި ދުވަސްވަރު ފެންނާނީ ކުޑަކޮށް އަލިކަމެއް ނުވަތަ ރަންކުލަ އެވެ. އެހެންނަމަވެސް އެއީ އާދައިގެ އިރުއެރުމެއް  ފަދަ މަންޒަރެއް ނޫނެވެ.

އުތުރުގެ ސަރަހައްދުތަކުގައި ޖޫން މަހުގެ ފަހުން ދުވާލުގެ ވަގުތު ކުރުވާން ފަށަ އެވެ. އަދި  އަލާސްކަން އަވަށުގައި ސެޕްޓެމްބަރު މަހާ ހިސާބުން ދުވާލުގެ ވަގުތު މާބޮޑަށް ކުރުވާން ފަށަ އެވެ. "ޕޯލާރ ނައިޓް" ގެ ދުވަސްވަރު ފުރިހަމަ އަނދިރީގައި ދިރިއުޅެން ޖެހުނު ނަމަވެސް، ހޫނު މޫސުމުގައި މި ސަރަހައްދުގައި 24 ގަޑިއިރު ދުވާލުގެ އަލިކަން ލިބެ އެވެ. މިއީ "މިޑްނައިޓް ސަން" ގެ ނަމުން މަޝްހޫރުވެފައިވާ ގުދުރަތީ ކަމެކެވެ .

ޔުޓްކިއަގްވިކް އަކީ އަލާސްކާގައި "ޕޯލާރ ނައިޓް" ތަޖުރިބާ ކުރާ ހަމައެކަނި ރަށެއް ނޫނެވެ. ނަމަވެސް އަލާސްކާގެ އެންމެ އުތުރުގައި އޮންނަ ރަށް ކަމަށްވާތީ، މި ހާލަތް އެންމެ ފުރަތަމަ ފެށެނީ މި ރަށުންނެވެ. ގާތްގަނޑަކަށް 4,300 މީހުން ދިރިއުޅޭ މި ރަށުގެ ރައްޔިތުންނަށް އަންނަ ހަފްތާތަކުގައި އިންތިހާއަށް ފިނި ދުވަސްތަކަކާ ކުރިމަތިލާން ޖެހޭނެ އެވެ. ދިގު އަނދިރި ރޭތަކުގެ ސަބަބުން އަވަށުގެ ރައްޔިތުންގެ  ހަށިގަނޑުގެ ބަޔޮލޮޖިކަލް ރިތަމްތަކަށް ވެސް އަސަރުކުރެ އެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން