ފަރުދުން

މަސައްކަތެއް ފެށީމަ ކުރިއަށްދާނެ މަގު ފެންނާނެ : ޝިނާ

މަސައްކަތެއް ފެށީމަ ކުރިއަށްދާނެ މަގު ފެންނާނެ : ޝިނާ

ޝިނާ އަލީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

16 ނޮވެމްބަރު 2025، 12:54

16 ނޮވެމްބަރު 2025، 12:54

އަމިއްލަ މަސައްކަތުން ކުރިއަރަމުން އަންނަ ކަބަލުންގެ ތެރޭގައި ޝީނާ ޢަލީގެ ވާހަކައަކީ، ހިތްވަރު ލިބޭ އަދި ކުރިއަށްދާނެ މަގު ފެނިގެންދިޔަ ވާހަކައެކެވެ. އޭނާއަކީ ގޭތެރޭގެ މާހައުލުން މިކަމަށްއޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން އަމިއްލައަށް އުނގެނިގެން ބޭކިންގ ދަތުރު ފެށި ބޭކަރކެވެ. މަންމަ ބޭކް ކުރާތަން ފެނުމަކީ ތަފާތު އެކި ކާނާ ތައްޔާރުކުރުމަށް އޭނާގެ ހިތުގައި އުފެދުނު ލޯބީގެ ހުޅުކޮޅެވެ. ކުޑަކުޑަ ކަމެއްގެ ގޮތުގައި ފެށުނު މިކަން  އަމިއްލައަށް ދަސްކޮށްގެން މި މަސައްކަތުގައި ކުރިއެރުމުގެ މަގު ޝިނާއަށް ހުޅުވިގެންދިޔައެވެ. އެހެންކަމުން ޝިނާ ގޭގަ ހުރގެްނ ކުރާ އަމިއްލަ މަސައްކަތެއްގެ ގޮތުގައި " ޕެޓިސަރީ ބައި ޝިނާ" އުފެއްދިއެވެ.

ބޭކިންގ ފެށުނީ އަޅުގަނޑު ކުޑައިރު މަންމަ ބޭކް ކުރާތަން ފެންނާތީ ، ބޮޑަށް މަންމަގެ ސަބަބުން އިންސްޕަޔަރވީ މިކަމަށް

ޝިނާ

ޝިނާ އެންމެ ފުރަތަމަ ތައްޔާރުކުރި އެއްޗަކީ ކްލާސިކް ބަޓަރ ކޭކެވެ.  މިކޭކަކީ އޭގެ ފަހުން އޭނާ ތައްޔާރުކުރި ހުރިހާ އެއްޗެއްގެ ބިންގަލެވެ. އޭގެ ފަހުން ޝީނާ އިތުރު އެއްޗެހި ދަސްކުރުމަށް އަމިއްލައަށް ދިރާސާކުރިއެވެ. ޔޫޓިއުބް ޓިއުޓޯރިއަލްތަކުން އޭނާ ތަފާތު އުކުޅުތައް ދަސްކުރިއެވެ. އަދި ޕިންޓަރެސްޓުން އައިޑިއާތައް އެއްކޮށް، ވަރަށް ތަފާތު އަދި ބަލާލަންރީތި އެކި ބާވަތްތައް ތައްޔާރުކުރަން ފެށިއެވެ. އޭނާގެ ހުނަރު އިތުރުވުމާ އެކު، ކޭކަށް އޮންނަ ޑިމާންޑްވެސް އިތުރުވިއެވެ. ރައްޓެހިންނާއި އާއިލާގެ މީހުންގެ ކުދިކުދި އޯޑަރުތަކުން ފެށިގެން މިކަން  މަސައްކަތަކަށް ބަދަލުވެގެން ދިޔައެވެ.

ސިމްޕަލް ކޭކް ކޯހެއްވެސް ހެދިން ، އެކަމު ބޮޑަށްހަަމ މިމަސައްކަތް ދަސްކުރީ އަމިއްލައަށް

 ޝިނާ


އަމިއްލަ ވަކި ސްޓައިލަކަށް އޭނާ ބޭކްކުރާ ބާވަތްތަކަށް އޮތް ޝައުޤުވެރިކަން ދެނެގަނެ، ޝިނާ އޭނާގެ މެނޫ ތަފާތުކުރަން ފެށިއެވެ. މިއަދު އޭނާއަކީ ރާއްޖޭގައި އެންމެ ތަފާތު މެކަރޫން ހަދާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. މިނަން އޭނާއަށް ލިބުނީ، މެކަރޫން ފަދަ ނާޒުކު ފްރާންސްގެ ފޮނި ކާނާތައް ތަފާތު ކެރެކްޓަރ ތަކަށާއި، ތީމް ޑިޒައިންތަކަށް ބަދަލުކުރުމުގެ މޮޅު ހުނަރު ލިބިފައިވާތީއެވެ. ކުޑަކުދިންގެ އުފަންދުވަސްތަކަށް ނުވަތަ ތަފާތު ތީމްތަކަށް ހަދާ މެކަރޫންތަކަކީ ގިނަ ހަފްލާތަކުގެ އެންމެ ފާހަގަކޮށްލެވޭ ބާވަތެވެ.

އެންމެ ފުރަތަމަ ފެށީ ހަމަ ބަޓަރކޭކް ، ކަޕްކޭކް ކަހަަލ ބާވަތްތަކުން ، މިހާރު ޑޯނަޓް ، ކަނަމަދުކޭކެ ، ކްރީމް ޕަފް ، އެކްލެއަރސް ހިމެނޭހެން ގިަނ ބާވަތްތަކެއް ހަދަން

ޝިނާ

މެކަރޫންގެ އިތުރުން އޭނާގެ މެނޫގައި މިހާރު ޑޯނަޓް، ކަޕްކޭކް އަދި އެހެނިހެން ޚާއްސަ ބޭކްތައް ހިމެނެއެވެ. މި ކޮންމެ އެއްޗެއްވެސް ތައްޔާރުކުރަނީ ފަރުވާތެރިކަމާއެކު، އޭނާގެ ފަންނުވެރިކަމާއި ތަފްސީލަށް ސަމާލުކަން ދީގެންނެވެ.
ފުރިހަމަކަން ހޯދުމަށް ކުރި މަސައްކަތުގައި ޝީނާ ވަނީ މެލޭޝިއާއިން ބޭކިންގ ކޯހެއް ފުރިހަމަކޮށްފައެވެ. ޕްރޮފެޝަނަލް ކޯސްތަކުގައި ދަސްކޮށްދޭ އަސާސީ ގިނަ ކަންތައްތަކަކީ އޮންލައިން ވަސީލަތްތަކުން އޭނާ ދަސްކޮށްފައިވާ ކަންތައްތަކާ ދާދި އެއްގޮތް ކަންތައްކަމުގައި ޝިނާ ފާހަގަކުރިއެވެ.

 

ޝިނާ ފާހަގަކުރާ ގޮތުގައި ގިނަފަހަރު ދިމާވާ ގޮންޖެހުމަކީ އުކުޅުތަކެއް ނޫނެވެ. ބަދަލުގައި، ރަނގަޅު ކޮލިޓީގެ ތަކެތި ހޯދުމެވެ. އެއީ އެއް ބްރޭންޑްގެ ޗޮކްލެޓް , މެކަރޫން ހަދަން ބޭނުންކުރާ އަލްމަންޑް ފަދަ ތަކެތި ރާއްޖޭގެ ބާޒާރުން ހޯދަން ނުވަތަ ކިބުން ދަތިވުމެވެ.


ބޭކިންގ ދާއިރާއަށް ނިކުންނަން ބޭނުންވާ މީހުންނަށް ޝީނާގެ މެސެޖަކީ ވަރަށް ސާފު އަދި ހިތުގެ ފުންމިނުން ދެވޭ މެސެޖެކެވެ.

ބޭކިންއަށް އިންޓްރަސްޓް ހުންނަ ކުއްޖަކަށް ވިއްޔާ ހަމަ ކޯހަކާ ނުލާވެސް ކުރިއަށް ދެވޭނެ ، ގޭގަ މަސައްކަތެއް ކުރަން ބޭނުންވާ ކުދިންނަށް ބުނެލަން އޮތީ ފަށާށޭ ، ފެށީމަ ކުރިއަށްދާނެ މަގުފެންނާނެއޭ

ޝިނާ



މަންމަގެ މަސައްކަތުން ހިތްވަރު ލިބުނު ކުޑަކުއްޖެއްގެ ގޮތުން ފެށިގެން، ފަންނުވެރި މެކަރޫންތަކަށް މަޝްހޫރުވެފައިވާ މޮޅު ފަންނާނަކަށް ޝީނާ ޢަލީގެ ދަތުރަކީ، ޝައުޤުވެރިކަމާއި، ކެތްތެރިކަމާއި، ހުވަފެންތަކަށް ތަބާވުމުން ލިބޭ ފޮނި ކާމިޔާބީތަކުގެ ހެއްކެކެވެ. ޝިނާގެ އުފެއްދުންތަކަށް އޯޑަރ ދެއްވަން ބޭނުންވާ ފަރާތްތަކަށް ޝިނާގެ އިންސްޓަގްރާމް ޕޭޖަށް ނޫނީ ފޭސްބުކް ޕޭޖަށް މެސެޖްކޮށްލެވޭނެއެވެ. 




Ads by MSS

މި ލިޔުން ކިޔާލުމުން