Ads by Stelco

ޚަބަރު

މީޑިއާ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޕީއެސްއެމުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

މީޑިއާ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޕީއެސްއެމުން ހިންގާ ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

ޕީއެސްއެމްގެ ތަމްރީނު ޕްރޮގްރާމެއް/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

31 އޮކްޓޯބަރު 2025، 02:40

31 އޮކްޓޯބަރު 2025، 02:40

މީޑިއާ ދާއިރާއަށް ޝައުޤުވެރިވާ ޒުވާނުންނަށް ޕީއެސްއެމުން ހިންގާ "ޕީއެސްއެމް މީޑިއާ ފެލޯޝިޕް 2025" ޕްރޮގްރާމުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މި ޕްރޮގްރާމުގައި 15 ފަރާތަކަށް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު، މިއީ 6 މަސްދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ޕްރޮގްރާމެއްކަމަށް ޕީއެސްއެމުން މަޢުލޫމާތުދެއެވެ.

ޕީއެސްއެމުން ބުނީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މީޑިއާ ދާއިރާއަށް ހުނަރުވެރި ޒުވާނުން ތަމްރީންކޮށް އުފެއްދުން ކަމަށާއި، މި ޕްރޮގްރާމްގައި ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ބައިވެރިންނަށް ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގެ ހުނަރު ދަސްވެ ޕްރޮފެޝަނަލް ޕޯޓްފޯލިއޯއެއް އެކުލަވާލުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. ހަމަ އެއާއެކު، ޕީއެސްއެމްގެ އެކި ޕްލެޓްފޯމްތަކުގައި މަސައްކަތްކޮށް ޢަމަލީ ތަޖުރިބާ ހޯދައި ވަޒީފާގެ ދާއިރާއަށް ނުކުތުމަށް މަގުފަހިވާނެކަމަށް ވެސް ޕީއެސްއެމްއިން ބުނެއެވެ.

މީގެ އިތުރުން، މި ޕްރޮގްރާމް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ބައިވެރިންގެ ތެރެއިން ކުންފުނިން ކަނޑައަޅާ މިންގަނޑުތަކަށް ފެތޭ އެންމެ ރަނގަޅު ފަރާތްތަކަށް ޕީއެސްއެމްގެ ދާއިމީ ވަޒީފާގެ ފުރުޞަތު ލިބޭނެކަމަށް ޕީއެސްއެމުން މަޢުލޫމާތުދެއެވެ. އަދި ޕްރޮގްރާމުގެ ބައިވެރިން މަސައްކަތްކުރަން ޖެހެނީ ޕީއެސްއެމްގެ ޓީވީ ޕްރޮޑަކްޝަނާއި ނިއުސް އެންޑް ކަރަންޓް އެފެއާޒް ޑިޕާޓުމަންޓުގައި ކަމަށާއި، ޕްރޮގްރާމްގެ ދަށުން ދުވާލަކު 6 ގަޑިއިރު މަސައްކަތް ކުރަންޖެހޭއިރު، އުޖޫރައެއްގެ ގޮތުގައި 5،000 ރުފިޔާ އަދި ފެލޯޝިޕް އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެކަމަށް ޕީއެސްއެމުން ބުނެއެވެ.

މި ފެލޯޝިޕް ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކަށް މިއަންނަ މަހުގެ 9 ވަނަ ދުވަހުގެ މެންދުރު 15:00 އާ ހަމައަށް ވަނީ ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ސީވީ އާއި އައިޑީ ކާޑްގެ ކޮޕީ އާއި އެޓެސްޓްކޮސްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ހުށަހަޅަންޖެހޭނެއެވެ. ހަމަ އެއާއެކު، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ ލިޔުމާއި 4 މަސް ނުވާ ޕޮލިސް ރިޕޯޓް ވެސް ހުށަހަޅަންޖެހޭނެކަމަށް ޕީއެސްއެމުން މަޢުލޫމާތުދެއެވެ.

ޕްރޮގްރާމުގައި ބައިވެރިވުމަށް ޕީއެސްއެމްގެ ވެބްސައިޓް www.psm.mv/careers މެދުވެރިކޮށް ނުވަތަ [email protected] އަށް ވެސް ލިޔުންތައް ހުށަހެޅޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން