ދުނިޔެ
ހޮންގް ތައި ހަރބަލް އިންހޭލަރ ސަލާމަތީ މިންގަނޑުތަކަށް ނުފެތޭ އޭގައި ހުސް ޖަރާސީމް : ތައި އެފްޑީއޭ
ހޮންގް ތައި ހަރބަލް އިންހޭލަރ
ހޮންގް ތައި ބްރޭންޑްގެ ހަރބަލް އިންހޭލަރ ފޯމިއުލާ 2 ގައި ސަލާމަތީ މިންގަނޑުތަކާ ޚިލާފަށް ޖަރާސީމް އެކުލެވޭ ކަން ފާހަގަކުރެވި، މި އިންހޭލަރ ބޭނުންކުރުމުން ދުރުހެލިވުމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން އަންގައިފިއެވެ.
The Hong Thai Brand Herbal Inhaler Formula 2 has been found to fail safety standards due to microbial contamination, according to an announcement published by the Food and Drug Administration (FDA).
— Thai Enquirer (@ThaiEnquirer) October 28, 2025
Laboratory tests conducted by the Department of Medical Sciences revealed that… pic.twitter.com/pGockeXuYe
މެޑިކަލް ސައިންސަސް ޑިޕާޓްމަންޓުން ހޮންގް ތައި ކޮމާޝަލް ހަރބަލް ޕްރޮޑަކްޓްސް އުފައްދާ ތަނުން ނެގި ސާމްޕަލްތައް ބޭނުންކޮށްގެން ހެދި ލެބޯރެޓަރީ ތަޙުލީލުތަކުން ދައްކާފައިވަނީ، މި އިންހޭލަރގައި ޓޯޓަލް އެއަރޯބިކް މައިކްރޯބިއަލް ކައުންޓް، ޓޯޓަލް ކޮމްބައިންޑް ޔީސްޓްސް އެންޑް މޯލްޑް ކައުންޓް، އަދި ކްލޮސްޓްރިޑިއަމް ޖަރާސީމް ހުންނަންވީ މިންވަރަށްވުރެ މާ ގިނައިން އެކުލެވޭ ކަމަށެވެ.
އެފްޑީއޭ އިން ބުނި ގޮތުގައި، G 309/62 ނަންބަރުގައި ރަޖިސްޓަރީކޮށްފައިވާ މި އުފެއްދުމަކީ، 2021 ވަނަ އަހަރުގެ މިނިސްޓްރީ އޮފް ޕަބްލިކް ހެލްތްގެ ސާފުކަމާއި ކޮލިޓީގެ މިންގަނޑުތަކަށް ނުފެތޭ އުފެއްދުމެކެވެ. މިގޮތުން އަސަރުކޮށްފައިވާ ބެޗަކީ ނަންބަރު 000332 އެވެ. މި ބެޗް އުފެއްދި ތާރީޚަކީ 9 ޑިސެމްބަރ 2024 އަދި ބޭނުންކުރުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 8 ޑިސެމްބަރ 2027 އެވެ.
އެފްޑީއޭ އިން ވަނީ އާންމުން މި އުފެއްދުން ގަތުމުން ނުވަތަ ބޭނުންކުރުމުން ދުރުހެލިވުމަށް ސަމާލުކަން ދީފައެވެ. ސަބަބަކީ، ހަރބަލް ޕްރޮޑަކްޓް އެކްޓް ބީ.އީ. 2562 (2019) ގެ ސެކްޝަން 60 (2) ގެ ދަށުން މި އުފެއްދުމަކީ މިންގަނޑުތަކާ ނުގުޅޭ ނުވަތަ "ސަބްސްޓެންޑަރޑް" އުފެއްދުމެއް ކަމަށް ބެލެވޭތީއެވެ.
މިފަދަ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ދެ އަހަރަށް ޖަލަށްލުމާއި 200,000 ބާޓާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފިޔަވަޅު އެޅޭނެކަމަށްވަނީ ބުނެފައެވެ. އަދި މިފަދަ އުފެއްދުންތައް ވިއްކާ ފަރާތްތަކަށް ހަ މަސްދުވަހަށް ޖަލަށްލުމާއި 50,000 ބާތާ ހަމައަށް ޖޫރިމަނާ ކުރުމުގެ ފިޔަވަޅު އެޅޭނެއެވެ.
އެފްޑީއޭ އިން ބުނީ މި އުފެއްދުން އުފެއްދި ފަރާތާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް މިހާރު ވިސްނަމުންދާ ކަމަށެވެ. މި އަންގާނަން ނެރެފައިވަނީ 2025 ވަނަ އަހަރުގެ އޮކްޓޯބަރ 20 ވަނަ ދުވަހުއެވެ.މިބާވަތުގެ ބާމަކީ ރާއްޖޭގެ ބައެއް ފިހާރަތަކުންވެސް ލިބެންހުންނަ ގިނަބަޔަކު ބޭނުންކުރާ އެއްޗެކެވެ.