ދުނިޔެ

ލުބުނާނަށް އިސްރާއީލުން ދިން ޙަމަލާގައި ޙިޒްބުﷲގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ލުބުނާނަށް އިސްރާއީލުން ދިން ޙަމަލާގައި ޙިޒްބުﷲގެ އިސް ކޮމާންޑަރަކު ޝަހީދުކޮށްލައިފި

ޙިޒްބުﷲގެ އިސް ކޮމާންޑަރު އަބްބާސް ޙަސަން ކުރުކީ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

25 އޮކްޓޯބަރު 2025، 03:46

25 އޮކްޓޯބަރު 2025، 03:46

ދެކުނު ލުބުނާނަށް އިސްރާއީލުން ދިން ޑްރޯން ޙަމަލާއެއްގައި، ޙިޒްބުﷲގެ އިސް ކޮމާންޑަރު އަބްބާސް ޙަސަން ކުރުކީ އޭނާގެ ޑްރައިވަރާއެކު ޝަހީދުވެއްޖެއެވެ. މިކަން ސިފަކޮށްފައިވަނީ ހަމަ ކަނޑައެޅިގެން އަމާޒުކޮށްފައިވާ ޙަމަލާއެއްގެ ގޮތުގައެވެ. މިއީ ސަރަޙައްދުގައި ހިނގަމުންދާ ހަމަނުޖެހުންތައް އިތުރަށް ގޯސްވަމުންދާކަން ހާމަކޮށްދޭ ހާދިސާއެކެވެ. މީގެ އިތުރުން ޙަމާސްއާއި އިޒްރޭލާ ދެމެދު ހިނގާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމެއް އޮތް ކަމަށް ދައުވާ ކުރެވިފައިވީ ނަމަވެސް، ޣައްޒާގައި އިންސާނީ ހާލަތު ވަނީ އިތުރަށް ގޯސްވެ، އެތައްހާސް މީހުންނަށް ކާނާ، ފެން އަދި ހިޔާވަހިކަމަށް ދަތިވެފައެވެ.

ބައިނަލްއަޤުވާމީ މީޑިއާ ރިޕޯޓުތައް ބުނާ ގޮތުގައި، މި ޙަމަލާ ދީފައިވަނީ ނަބަތީޔާއާ ކައިރީގައިވާ ތޫލް ކިޔާ އަވަށަކާ ކައިރިންނެވެ. އިޒްރޭލްގެ އަސްކަރިއްޔާއިން މި އޮޕަރޭޝަން ކަށަވަރުކޮށްދީ، ބުނެފައިވަނީ ކުރުކީ އޭނާގެ ޑްރައިވަރާއެކު ދަތުރުކުރަމުން ދަނިކޮށް، އޭނާގެ ކާރަށް އަމާޒުކޮށް ހަމަލާ ދީފައިވާ ކަމަށެވެ. މި ޙަމަލާގައި ކާރު ވަނީ މުޅިން ހަލާކުވެފަ އެވެ. އަދި ދެ މީހުން ވަގުތުން ޝަހީދުވެފައިވާ ކަމަށްވެ އެވެ.

އިޒްރޭލްގެ ފައުޖުތަކުން ބުނި ގޮތުގައި، އަބްބާސް ޙަސަން ކުރުކީ އަކީ ޙިޒްބުﷲގެ ދެކުނު ފަސްބައިގެ ލޮޖިސްޓިކްސް ޔުނިޓްގެ އިސް ވެރިޔާ އެވެ. އޭނާ އަކީ ހަތިޔާރު އުފުލުމާއި ރައްކާކުރުމުގެ ކަންކަން ކޯޑިނޭޓް ކުރުމުގެ ޒިންމާ އުފުއްލަވަމުންދިޔަ ބޭފުޅެއް ކަމަށް ރިޕޯޓުތައް ބުނެ އެވެ. މިފަދަ ހަރަކާތްތަކަކީ ދެ ގައުމުގެ މެދުގައި އޮންނަ ސަލާމަތީ ނުރަސްމީ އެއްބަސްވުންތަކާ ޚިލާފު ކަންކަން ކަމަށް އިސްރާއިޅުން ބުނެ އެވެ. އިސްރާއީލުގެ މަސްދަރުތައް ބުނާ ގޮތުގައި، ކުރުކީ ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ޙިޒްބުﷲގެ އެތައް އޮޕަރޭޝަނެއްގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. މި ޙަމަލާ އަކީ ފާއިތުވި މަސްތަކުގެ ތެރޭގައި ލުބުނާނުގެ ބިމަށް އިޒްރޭލުން ދިން އެންމެ ބޮޑެތި ޙަމަލާތަކުގެ ތެރޭގައި ހިމެނޭ ޙަމަލާއެކެވެ.

މި ހާދިސާ ކަށަވަރުކޮށްދިނުމަށް ނުވަތަ ދޮގުކުރުމަށް ޙިޒްބުﷲ އިން އަދި ރަސްމީ ބަޔާނެއް ނެރެފައެއް ނުވެ އެވެ. އިސްރާއީލާއި ލުބުނާނުގެ ސަރަޙައްދުގައި ނުރައްކާތެރިކަން އިތުރުވަމުންދާތީ، މިކަމަށް މިހާރަށް އާންމުކޮށް އެއްޗެއް ނުބުނެ ހިފަހައްޓަފާނެ ކަމަށް ތަހުލީލުކުރާ ފަރާތްތަކުން ބުނެ އެވެ. ހަލާކުވެފައިވާ ކާރުގެ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި ބޮޑު މަގުބޫލުކަމެއް ހޯދައި، މި ސަރަޙައްދުގައި ހިނގާ ހަނގުރާމަ ގޯސްވަމުންދާކަން އިތުރަށް ހާމަކޮށްދީފަ އެވެ.

މީގެ އިތުރުން ޙަމާސްއާއި އިސްރާއީލާއި ދެމެދު ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ބުނާ ނަމަވެސް، ޣައްޒާގައި އިންސާނީ ހާލަތު ވަނީ އިތުރަށް ގޯސްވެ، އެތައްލައްކަ ފަލަސްތީނު މީހުންނަށް ކާނާ، ފެން އަދި ހިޔާވަހިކަމަށް ދަތިވެ، އެހީ ފޯރުކުރުމަށް ދެމުންދާ ހުރަސްތައް ގިނަވެފަ އެވެ.

އަލްޖަޒީރާ އިން ރިޕޯޓުކުރާ ގޮތުގައި، ޣައްޒާގެ ދެކުނާއި މެދުތެރެއާއި އުތުރުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ހާލަތަށް އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެ އެވެ. ގިނަ ބަޔަކު ވަނީ ފޭލިގޭގެ ހިޔާވަހިކަމުގައި ދިރިއުޅެން މަޖުބޫރުވެފަ އެވެ. އަދި އަނެއް ބަޔަކު ވަނީ މައްޔިތުން ވަޅުލާ ގަބުރުސްތާންތަކުގައި ހިޔާވަހިކަން ހޯދާފަ އެވެ. އެއީ ހަނގުރާމައިގެ ތެރޭގައި ތަންކޮޅެއް ރައްކާތެރި އަދި ތަނަވަސް ތަންތަން ކަމަށް ވާތީ އެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން