ދުނިޔެ
އޮސްޓްރޭލިއާގެ ސަފީރާދިމާލަށް ޓްރަމްޕް ވިދާޅުވީ " ތިބޭފުޅާ ހަމަ އެއްގޮތަކަށްވެސް ކަމަކުނުދޭ"!
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮޓޯ:އިންޓަނެޓް
ފާއިތުވި ހޯމަ ދުވަހު އެމެރިކާ އަދި އޮސްޓްރޭލިއާ ގުޅިގެން ބޭއްވި ބައްދަލުވުމެއްގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އޮސްޓްރޭލިއާގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ ސަފީރު ކެވިން ރުޑް އާ ދެމެދު ހިނގި ވާހަކަތަކެއް ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ވަރަށް ބޮޑަށް ހޯދައިފިއެވެ. މި ބައްދަލުވުމަކީ ވޮޝިންގްޓަން އާއި ކެންބަރާ ގުޅިގެން ސަބްމެރިން ދާއިރާއިން އައު އެއްބަސްވުމެއްގައި ސޮއިކުރުން ފާހަގަކުރުމަށް ބޭއްވުނު ބައްދަލުވުމެކެވެ.
ބައްދަލުވުން ކުރިއަށްދިޔައީ ރަޙުމަތްތެރި މާޙައުލެއްގައި ނަމަވެސް، ނޫސްވެރިއެއްގެ ސުވާލަކާ ގުޅިގެން ޓްރަމްޕް އާއި ރުޑް އާ ދެމެދު ހޫނު ބަހުސެއް ހިނގައްޖެއެވެ. މި ސުވާލަކީ ރުޑް ކުރިން ޓްރަމްޕްއަށް ފާޑުކިޔާފައިވުމާ ގުޅޭ ސުވާލެކެވެ. ރުޑް ކުރިން ޓްރަމްޕްއަށް ފާޑުކިއުއްވުމުގެ ތެރޭގައި "ތާރީޚުގައި ދުށް އެންމެ ހަލާކުކުރަނިވި ރައީސް" އަދި " ދުނިޔެއަށް ޚިޔާނާތްތެރިވި ފަރާތެއް" ކަމަށް ވިދާޅުވުންހިމެނެއެވެ.
ޓްރަމްޕް މި ކަމަށް ޖަވާބުދެއްވީ ސަމާސާ ރާގެއްގައެވެ. އެމަނިކުފާނު ވިދާޅުވީ "ކެވިން އެހެންވިއްޔާ އަހަރެން ގާތު މަޢާފަށް އެދެންވާނެ" ކަމަށެވެ. އަދި ކެބިނެޓް މެންބަރުންނަށް ބައްލަވާލައްވައި "ކެވިން ރުޑް ކޮބައިތޯ؟ އެ ބޭފުޅާ އަދިވެސް ތިޔަ ބޭފުޅުންނަށް މަސައްކަތްކުރައްވަނީތޯ؟" މިހެން ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތޮނީ އަލްބަނީޒް ހިނިވަޑުވަމުން ވިދާޅުވީ، ރުޑް އިޝާރާތްކޮށް ވިދާޅުވީ އެ ބަސްތައް ވިދާޅުވީ "މި މަޤާމަށް ވަޑައިގަތުމުގެ ކުރިން" ކަމަށެވެ. އޭގެ ފަހުން ޓްރަމްޕް ވިދާޅުވީޅުވީ "އަޅުގަނޑަށް ތިބޭފުޅާ ކަމަކުނުދޭ - އަދި ދުވަހަކުވެސް ކަމަކު ނުދާނެ" ކަމަށެވެ. މި ވާހަކަތަކުން އެތަނުގައި ތިބި އެހެން ފަރާތްތަކުގެ މޫނުމަތިން ހިނިތުންވުންފެނުނެވެ.
މި ކުރު ބައްދަލުވުން ސަމާސާ ރާގެއްގައި ކުރިއަށްދިޔަ ނަމަވެސް، ދެ ބޭފުޅުންގެ ދެމެދުގައި ކުރިން ހިނގާފައިވާ ކަންކަމުގެ ސަބަބުން ބައިނަލްއަޤްވާމީ މީޑިއާގެ ސަމާލުކަން ލިބިފައިވެއެވެ. ރުޑް ވަނީ މީގެ ކުރިން ޓްރަމްޕްގެ ޚާރިޖީ ސިޔާސަތަށް، ޚާއްޞަކޮށް މޫސުމީ ބަދަލުތަކާއި، ނޭޓޯ އަދި ޗައިނާއާ ގުޅޭގޮތުން ވަރަށް ގިނައިން ފާޑުކިޔާފައެވެ. މި ހާދިސާއިން ދައްކުވައިދެނީ ބައިނަލްއަޤްވާމީ ދާއިރާގައި ސިޔާސީ ގުޅުންތަކުގެ ނާޒުކުކަމާއި، ދައުލަތްތަކުގެ މެދުގައި އޮންނަ ގުޅުމަށްބުރުއަރާފައެވެ.