Ads by Stelco

ޚަބަރު

ބިލެތްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބިލެތްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި

ބިލެއްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

farudhun logo

ފަރުދުން

13 އޮކްޓޯބަރު 2025، 08:39

13 އޮކްޓޯބަރު 2025، 08:39

ށ. އަތޮޅު ބިލެތްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ މިއަދު އަޅައިފިއެވެ.

އެ އިމާރާތުގެ ބިންގާ އަޅާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިންނެވެ.

ބިލެތްފަހީގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅާފައި ވަނީ އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު، އޮނަރަބަލް ޢަލީ އިޙުސާން އާއި ކޮމިޝަނަރ އޮފް ޕޮލިސް، އިސްމާޢީލް ނަވީންއެވެ. މި މަސައްކަތް ސަރުކާރުން ހަވާލުކޮށްފައި ވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ދިނުމަށް ފުލުހުންގެ އަމިއްލަ އިމާރާތެއް ޤާއިމުކުރުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްޞަ އަމާޒެކެވެ.

އަދި ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކޮށް ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ބިލެތްފައްސަށް ކުރައްވާ ޒިޔާރަތުގެ ތެރެއިން އެ ރަށުގައި މިއަދު ވަނީ އައު ކައުންސިލް އިދާރާގެ ބިންގާ ވެސް އަޅާފައެވެ. މީގެ އިތުރުން، އެ ރަށުގައި އިމާރާތްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ފަށާފައި ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން