Ads by Stelco

ޚަބަރު

އައްޑޫ ސިޓީ ފަޅުގޯއްޗެއްގައި ރޯވި އަލިފާން ކާމިޔާބުކަމާއެކު ވަނީ ނިއްވާލައިފައި

އައްޑޫ ސިޓީ ފަޅުގޯއްޗެއްގައި ރޯވި އަލިފާން ކާމިޔާބުކަމާއެކު ވަނީ ނިއްވާލައިފައި

އައްޑޫ ސިޓީ ފަޅުގޯއްޗެއްގައި އިއްޔެ ރޯވި އަލިފާން ނިއްވުމުގެ ތެރެއިން. / ތަޞްވީރު: އެމް.އެން.ޑީ.އެފް.

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 03:47

09 އޮކްޓޯބަރު 2025، 03:47

އިއްޔެ އިރު އޮއްސުނު ވަޤުތު އައްޑޫ ސިޓީ ފަޅުގޯއްޗެއްގައި ރޯވި އަލިފާން، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ކާމިޔާބުކަމާއެކު ވަނީ ނިއްވާލައިފައެވެ. އެ އަލިފާން ރޯވީ، އައްޑޫ މެޖިސްޓުރޭޓް ކޯޓް ފަހަތުގައި އޮތް ފަޅުގޯއްޗެއްގައި ކަމަށް ޤައުމީ ދިފާޢީ ބާރުން ހާމަކުރައްވައެވެ. 

މި ޙާދިޘާގެ މަޢުލޫމާތު އެމް.އެން.ޑީ.އެފް.އަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ 18:13ގައެވެ. ޙާދިޘާގެ މަޢުލޫމާތު ލިބުމާއެކު، އެމް.އެން.ޑީ.އެފް. ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަޙައްދަށް ގޮސް، އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ ގާތްގަނޑަކަށް 18:22ގައި ކަމަށް އެމް.އެން.ޑީ.އެފް.އިން ބުނެއެވެ.

މި ޙާދިޘާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފަައި ނުވެއެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން