ކުޅިވަރު / ޚަބަރު

ފީފާގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރުކަން ފުރަތަމަ ފަހަރަށް ލިބުނު ދިވެއްސަކަށް އެފްއޭއެމްގެ ރައީސް ޠާރިޤް

ފީފާގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރުކަން ފުރަތަމަ ފަހަރަށް ލިބުނު ދިވެއްސަކަށް އެފްއޭއެމްގެ ރައީސް ޠާރިޤް

އެފްއޭއެމްގެ ރައީސް، ފީފާގެ ރައީސްއާ ބައްދަލުކުރެއްވުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޮކްޓޯބަރު 2025، 02:32

09 އޮކްޓޯބަރު 2025، 02:32

ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރުކަން ފުރަތަމަ ފަހަރަށް ލިބުނު ދިވެއްސަކަށް އެފްއޭއެމްގެ ރައީސް އަޙްމަދު ޠާރިޤް ވެއްޖެއެވެ.

ފީފާއިން ވަނީ، އެ އިދާރާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ހަމަޖައްސަވާފައެވެ. މިއީ ދިވެއްސަކު ފީފާގެ އެޑްވައިޒަރީ ކޮމިޓީއަކަށް އައްޔަނުކުރި ފުރަތަމަ ފަހަރުކަމަށް ވާއިރު، ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީގެ މެންބަރުކަމަށް އެފްއޭއެމްގެ ރައީސް ޠާރިޤް އައްޔަން ކުރައްވާފައިވަނީ މިހިނގާ 2025 ވަނަ އަހަރުން ފެށިގެން 2029 ވަނަ އަހަރާއި ހަމައަށް ކުރިޔަށްދާ ދައުރަށެވެ.

ފީފާގެ ޓެކްނިކަލް ޑިވެލޮޕްމެންޓް ކޮމިޓީ އެކުލެވިގެންވަނީ ޖުމްލަ 5 މެންބަރުންގެ މައްޗަށެވެ. މި ކޮމެޓީއިން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކަކީ ޓެކްނިކަލް މިންގަނޑުތައް އެކުލަވާލާ ދުނިޔޭގެ ފުޓްބޯޅައިގައި އެ މިންގަނޑުތައް ހިފެހެއްޓުމަށް ބާރުއެޅުމަށް އެކި މަސައްކަތްތައް ކުރުމެވެ. އެފްއޭއެމްގެ ރައީސް ވަނީ ދާދިފަހުން، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއާއި ބައްދަލުކުރައްވާ ރާއްޖޭގައި ފުޓްބޯޅައިގެ ތަރައްޤީއަށް ރާވާފައިވާ ކަންކަމާ މަޝްވަރާކުރައްވާފައެވެ.

ފީފާގެ ސްޓޭންޑިންގ ކޮމިޓީގެ މެންބަރުކަމަށް ޠާރިޤް ޢައްޔަނުކުރެވިގެން ދިޔުމަކީ، ރާއްޖޭގެ ފުޓްބޯޅަ އިންޑަސްޓްރީއަށް ލިބިގެންދާ ތާރީޚީ ކާމިޔާބީއެއްކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން