ދުނިޔެ

ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ފްލޮޓިލާގައި ހިމެނޭ 'މިކޭނޯ' ބޯޓު ވަދެއްޖެ

ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ފްލޮޓިލާގައި ހިމެނޭ 'މިކޭނޯ' ބޯޓު ވަދެއްޖެ

މިކޭނޯ ބޯޓުގެ ސްޓޭޓަސް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 01:34

02 އޮކްޓޯބަރު 2025، 01:34

ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ގްލޯބަލް ސުމޫދު ފްލޮޓިލާގައި ހިމެނޭ 'މިކޭނޯ' ބޯޓު ވަދެއްޖެ އެވެ.

ގްލޯބަލް ސުމޫސު ފްލޮޓިލާގެ ލައިވް ޓްރެކަރ އިން ފެންނަ ގޮތުގައި، ފްލޮޓިލާގައި  ހިމެނޭ 'މިކޭނޯ' ކިޔާ ބޯޓެއް މިހާރު ވަނީ ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ވަދެފައެވެ. ކަނޑުމަތީގައި ޙަރަކާތްތެރިވާ އިސްރާއީލުގެ ސިފައިން އެ ބޯޓު ހުއްޓުވާފައިވާ ކަމެއް ނުވަތަ ނޫންކަން އަދި ސާފުނުވާއިރު އެބޯޓު ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ވަދުމަށްފަހު ބޯޓުގެ ސްޕީޑު މިހާރު ފެންނަނީ 0.0 ގައެވެ. އެހެންކަމުން، ބޯޓު ކުރިއަށް ނުގޮސް ހުއްޓިފައިވާ ސަބަބު އަދި ސާފެއް ނުވެއެވެ.

ނިރުބަވެރި އިސްރާއީލުގެ ސިފައިން، ފްލޮޓިލާގެ ބޯޓުތައް ހުއްޓުވުމަށް އެކިކަހަލަ އިންޒާރުތައް ދެމުންދިޔަ ނަމަވެސް މިވަޤުތު ވެސް 26 އަށް ވުރެ ގިނަ ބޯޓު ދަނީ ޣައްޒާގެ ކަނޑުގެ ސަރަޙައްދަށް ވަނުމަށް މަސައްކަތް ކުރަމުންނެވެ. ބޯޓުތައް ޣައްޒާއާ ދިމާލަށް ދަތުރު ކުރަމުންދާއިރު، މި ދަތުރުގައި ބައިވެރިވާ އެކި ބޯޓުތަކުގައި ދިވެހިރާއްޖެ ވެސް ހިމެނޭހެން ޖުމްލަ 46 ޤައުމެއްގެ 497 މީހުން ހިމެނޭކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ގްލޯބަލް ސުމޫދު ފްލޯޓިލާއަކީ، އެކި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ މީހުން ހިމެނޭ ގޮތަށް ޣައްޒާއަށް ދަތުރު ކުރަމުން އަންނަ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި، އެމީހުން ދަތުރުކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ޞިއްޙީ ބައެއް ސާމާނުތަކާއި، އެހެނިހެން އިންސާނީ އެހީގެ ވަޞީލަތްތައް ހިފައިގެންނެވެ. މި ބޯޓުތައް ޣައްޒާއަށް ވަންނަން ވަޤުތުކުޑަތަން ވެފައިވަނިކޮށް އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ބައެއް ބޯޓުތައް ހުއްޓުވައި، އެ ބޯޓުތަކުން ދަތުރު ކުރި މީހުން ހައްޔަރުކޮށްގެން އިސްރާއީލަށް ގެންދަން ފަށައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން