ދުނިޔެ

ސުމޫދު ފްލޮޓިލާގެ ބޯޓުތަކުގައި ތިބި މީހުން ޑީޕޯޓް ކުރާނެކަމަށް ބުނެ އިސްރާއީލުގެ އިންޒާރެއް!

ސުމޫދު ފްލޮޓިލާގެ ބޯޓުތަކުގައި ތިބި މީހުން ޑީޕޯޓް ކުރާނެކަމަށް ބުނެ އިސްރާއީލުގެ އިންޒާރެއް!

ގްލޯބަލް ސުމޫދު ފްލޮޓިލާ ގެ ބޯތުތަކެއް--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 އޮކްޓޯބަރު 2025، 12:55

02 އޮކްޓޯބަރު 2025، 12:55

ގްލޯބަލް ސުމޫދު ފްލޮޓިލާގެ ބޯޓުތަކުގައި ތިބި މީހުން ޑީޕޯޓް ކުރާނެކަމަށް ބުނެ އިސްރާއީލުން އިންޒާރު ދީފިއެވެ.

ގްލޯބަލް ސުމޫދު ފްލޯޓިލާއަކީ، އެކި ޤައުމުތަކުގެ ގިނަ ޢަދަދެއްގެ މީހުން ހިމެނޭ ގޮތަށް ޣައްޒާއަށް ދަތުރު ކުރަމުން އަންނަ ބޯޓުތަކެކެވެ. މި ބޯޓުތަކުގައި، އެމީހުން ދަތުރުކުރަމުންދަނީ ޣައްޒާއަށް ބޭނުންވާ ކާބޯތަކެއްޗާއި، ޞިއްޙީ ބައެއް ސާމާނުތަކާއި، އެހެނިހެން އިންސާނީ އެހީގެ ވަޞީލަތްތައް ހިފައިގެންނެވެ. މި ބޯޓުތައް ޣައްޒާއަށް ވަންނަން ވަޤުތުކުޑަތަން ވެފައިވަނިކޮށް އިސްރާއީލުގެ ކަނޑުގެ ސިފައިން ވަނީ ބައެއް ބޯޓުތައް ހުއްޓުވައި، އެ ބޯޓުތަކުން ދަތުރު ކުރި މީހުން އިސްރާއީލަށް ހައްތަރުކޮށްގެން އިސްރާއީލަށް ގެންގޮސްފައެވެ. 

މިކަމާއި ގުޅިގެން އިސްރާއީލުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑެނީ ޑެނޮން ބުނީ، ގްލޯބަލް ސުމޫދު ފްލޯޓިލާއަކީ "ޕީއާރް ސްޓަންޓް" އެއް ކަމަށެވެ. އަދި އިސްރާއީލުގެ ކަނޑުގެ ސަރަޙައްދަށް އެމީހުން ޤަވާއިދަށް ޚިލާފަށް ވަންނަން މަސައްކަތްކުރިކަމަށް ބުނެ، އެބޯޓުތަކުން ދަތުރު ކުރި އެންމެން ޑީޕޯޓުކުރާނެކަމަށް  ސަފީރު ވަނީ ބުނެފައެވެ.

ޣައްޒާގެ ރައްޔިތުން ނަސްލުހޭދު ކުރުމަށް އެ ސަހަރަށް ޢުދުވާނީ ޙަމަލާތައް ދެމުންދާ ޔަހޫދީން، ފްލޮޓިލާއަށް ހުރަސްއަޅާފައި ވަނީ އެ އުޅަނދުތައް ޣައްޒާއާ 80 ނޯޓިކަލް މޭލަށް ކައިރިވެފައި ވަނިކޮށް، ބައިނަލްއަޤްވާމީ ކަނޑުގެ ސަރަޙައްދުންނެވެ. ޔަހޫދީންގެ ވިއްސަށް ވުރެ ގިނަ މަނަވަރު މި ވަޤުތު ވެސް އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދާއިރު، ފްލޮޓިއްލާއާ މުވާޞަލާތީ ގުޅުން އެއްކޮށް ކެނޑިފައިވާ ކަމަށް ދަތުރު އިންތިޒާމް ކުރާ ފަރާތްތަކުން ބުނެއެވެ. އަދި ޔަހޫދީ ސިފައިން ދަނީ އުޅަނދުތަކަށް އަރައި މީހުން ހައްޔަރު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން