ރިޕޯޓް

ރައީސްގެ ސިޔާސަތު: ރައްޔިތުންނާ ގާތަށް

ރައީސްގެ ސިޔާސަތު: ރައްޔިތުންނާ ގާތަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަތޮޅުތެރޭގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން: ފޮޓޯ- ފަރުދުން

farudhun logo

ފަރުދުން

29 ސެޕްޓެމްބަރު 2025، 05:15

29 ސެޕްޓެމްބަރު 2025، 05:15

ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުފުޅުތަކަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް ވެވަޑައިގަންނަވާފައިވާ މުހިންމު ވަޢުދުފުޅުތަކެވެ. އެގޮތުން ރައްޔިތުންގެ ޙާލަތު ބައްލަވާ، ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިލުއްވާ، ރަށްރަށުގެ ތަރައްޤީއަށް މުހިންމު ކަންތައްތަކާގުޅޭ މަޝްވަރާ ކުރެއްވުމަށް އަހަރަކު ދެފަހަރު ކޮންމެ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް ވެވަޑައިގެންނެވި ވަޢުދަކީ ފާހަގަ ކޮށްލެވޭ ވަޢުދެކެވެ. 

މާޒީގައި ކަން ހިނގަމުންދިޔަ އުސޫލު އެއްކޮށް ބަދަލުވެ މިއަދު ޤައުމުގެ ވެރިޔާ ވަޑައިގަންނަވަނީ ރައްޔިތުން ގާތަށެވެ. ރައްޔިތުންނާއި މުއައްސަސާތައް ރައީސްގެ އަރިހަށް ގެނައުމުގެ ބަދަލުގައި ރައީސް ރަށްރަށަށް ވަޑައިގެން ޙާލަތު ބެއްލެވުމަށް ނިންމެވި ނިންމެވުމަކީ އެތަށް ބަޔަކާއި މުއައްސަސާތަކަށް ލުއިވެގެންދިޔަ ބޮޑު ތަކުލީފެކެވެ. މި ވަޢުދުފުޅުގެ ދަށުން ރައީސް ވަނީ ހުސްވި ހަފްތާގައި ފ. އަތޮޅަށް ވަޑައިގެން އެއަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ރައްޔިތުންނާއި ބައްދަލު ކުރައްވާފައެވެ. މި އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައިވެސް އެއަތޮޅުގެ ހުރިހާ ރަށެއްގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާއި ބައްދަލުުރައްވާ، ރަށަށް އެންމެ ބޭނުންތެރި ކަންކަމާ ގުޅޭ މަޝްވަރާތަށް ކުރައްވާފައި ވެއެވެ. ހަމައެއާއެކު ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށްރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

 

ފ. އަތޮޅަށް ކުރެއްވި މި ދަތުރުފުޅުގައި ތަރައްޤީގެ 10 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، 13 މަޝްރޫޢެއް ފަށާ، 6 މަޝްރޫޢެއް ނިންމާ، އެކަން ފާހަގަ ކޮށްފައިވެއެވެ. ހަމައެއާއެކު ރައްޔިިތުންނާއި ބައްދަލުކުރެއްވުމަށް، ބޭއްވެވި ޚާއްޞަ ޖަލްސާއެއްގައި ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. ފ. އަތޮޅުގެ ރަށްތަކުގެ ތެރެއިން ރައީސް ވަޑައިގެންނެވި ރަށްތަކަކީ:

ފ. ބިލެއްދޫ

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގެ ތެރެއިން، ފ. ބިލެތްދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ވަނީ ރަސްމީކޮށް އިފްތިތާޙް ކުރައްވާފައެވެ. އެގޮތުން ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރގެ ބިންގާ އެޅުމުގެ މަޝްރޫޢާއި، ޕޮލިސް ޕޯސްޓުގެ ބިންގާ އެޅުމުގެ މަޝްރޫޢުގެ އިތުރުން، ހެލްތު ސެންޓަރަށް އިތުރު ކުރެވޭ އިމާރާތުގެ ބިންގާވެސް ވަނީ އަޅުއްވާފައެވެ. 

ފ.ބިލެތްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުން


ބިލެއްދޫ ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން، ބިލެތްދޫގެ ބަނދަރާއި ބިމުގެ ޖާގަ، ކުރެވެން އޮތް އެންމެ ބޮޑަކަށް އިތުރުކޮށްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވެއެވެ. މީގެ އިތުރުން، ރަށުގެ ތަރައްޤީއަށްޓަކައި ކުރަންހުރި ހުރިހާ މަސައްކަތްތަކެއްވެސް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ދެއްވާފައެވެ. ހަމައެއާއެކު 2026 ވަނަ އަހަރުގެ ބަޖެޓުގައި، ރަށުގެ ރައްޔިތުންނަށް މުހިންމު ހުރިހާ ކަމަކަށްވެސް ސަމާލުކަން ދެއްވާނެކަން، އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ފ.ފީއަލި

ފީއައްޔަށް ކުރެއްވި ދަތުރުފުޅުގައި ފީއަލީގައި ބަނދަރު އަޕްގްރޭޑްކުރުމާއި ޖެޓީ ހެދުމުގެ މަޝްރޫޢާއި، މިސްކިތް ޢިމާރާތްކުރުމުގެ މަޝްރޫޢާއި ފުޓްސަލް ދަނޑެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ. އަދި ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައި، އެ ރަށުގައި ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ޚިދުމަތް ރަސްމީގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ފައްޓަވައިދެއްވާފައެވެ.

ފީއަލީ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުން

ފީއަލީ 15 ހެކްޓަރުގެ ބިން ހިއްކޭނޭ ގޮތަށް، މަޝްރޫޢެއް ކުރިއަށްގެންދަވާނޭ ކަމަށް ރިޔާސީ އިންތިޚާބުގައި ރައީސް ވަނީ ވަޢުދުވެވަޑައިގެންފައެވެ. ރައީސް މިދަތުރުފުޅުގައި ދެއްވި ޔަޤީން ކަމަކީ ފީއަލީގައި ހުއްޓިފައި އޮތް ބިންހިއްކުމުގެ މަޝްރޫޢު، އަލުން ފެށިގެންދާނޭކަމުގެ ޔަޤީންކަމެވެ. ހަމައެއާއެކު އެރަށުގެ ރައްޔިތުން އެދުނު ފަދައިން ތަރުތީބުކުރެވި، ފެށި، ނުވަތަ ފެށުމުގެ މަރުޙަލާގައި ހުރި ކަންތައްތައް ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާއި ކުންފުނިތަކުން އެ ކަންކަމަށް ޙައްލު ހޯއްދަވައިދެއްވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރައްވާނޭކަމުގެ ޔަޤީންކަން ރައީސް ދެއްވާފައި ވެއެވެ.


ފ.ނިލަންދޫ

ފ.އަތޮޅުގެ އަތޮޅު ވެރިކަންކުރާ ރަށް ކަމުގައިވާ ފ. ނިލަންދޫގައިވެސް މި ދަތުރުފުޅުގެ ތެރެއިން ތަރައްޤީއާއި ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެގޮޮތުން ނިލަންދޫގެ މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ދަޅުބަންދުކުރާ ކާރުޚާނާގެ ބިންހިއްކުމާއި ބަނދަރުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ފ އަތޮޅުގައި ފިއުލް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، ނިލަންދޫ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކުރުމުގެ އެއްބަސްވުމާއި، ނިލަންދޫ އެއަރޕޯޓް މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، ނިލަންދޫގައި ޕާސްޕޯޓު ދޫކުރުމުގެ ޚިދުމަތް ފައްޓަވައިދެއްވާފައިވެއެވެ. 

މި ރަށުގެ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން، ލަސްވެގެން 30 މަސް ދުވަހުގެ ތެރޭގައި ނިލަންދޫ އެއަރޕޯޓުގެ މަސައްކަތް ނިންމޭނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވެއެވެ. ރިޔާސީ އިންތިޚާބުގައި އެމަނިފާނު ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު ވަޢުދަކީ ވައިގެބަނދަރެއް ޤާއިމުކޮށްދެއްވުންކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ، އެ މަސައްކަތުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ. އެގޮތުން، އެއަރޕޯޓު މަސައްކަތަށް މިހާރު ހިއްކާފައިވާ ބިމަށް ބިން އިތުރުކޮށްގެން، 1800 މީޓަރުގެ ރަންވޭއެއް އެޅޭވަރަށް ބިން ހިއްކުމަށް އިރުޝާދު ދެއްވާފައިވާނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފ. ދަރަނބޫދޫ

ރައީސުލްޖުމްހޫރިއްޔާ ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ނިމޭއިރު އެތަނުގައި ވަސީލަތާއި ޖާގަ އިތުރުވެ، ޚިދުމަތްދޭވަގުތު 16 ގަޑިއިރަށް އިތުރުކުރައްވާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ދަރަނބޫދޫގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމަކީ، އިތުރަށް ދިރާސާކޮށްގެން ކުރިއަށް ގެންދެވޭނެ މަޝްރޫޢެއް ކަމުގައިވާތީ، އެކަމާއި ގުޅޭ މިނިސްޓްރީއާއި ކައުންސިލްގެ މަޝްވަރާއާއި އެކު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން އެ މަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދަވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ދަރަނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ޢަމަލީ މަސައްކަތް ފަށްޓަވައިިދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ، ފ. ދަރަނބޫދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން

ފ. މަގޫދޫ 

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ފ. މަގޫދޫގައި ބޭންކް އޮފް މޯލްޑިވްސްގެ އޭ.ޓީ.އެމްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ. މީގެ އިތުރުން މަގޫދޫގައި ތަރައްޤީކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި މަގޫދޫ ކައުންސިލް އިދާރާ އަދި އެރަށު ޕޮލިސް ޕޯސްޓްގެ ބިންގާ އަޅުއްވާފައިވެއެވެ. މަގޫދޫގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ އެހެން މަޝްރޫޢުތަކުގެ ތެރޭގައި ސްކޫލްގެ މަލްޓިޕާޕަސްހޯލާއި ޞިއްޙީ މަރުކަޒުގެ މަސައްކަތުގެ އަމަލީ މަސައްކަތް މިއަހަރު ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ އެރަށުގެ ރައްޔިތުންނަށް ދެއްވިއެވެ. މީގެ އިތުރުން ރަށުގެ ބަނދަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ފ. މަގޫދޫ އެއާޕޯޓްގެ މަސައްކަތްވެސް ގިނަވެގެން އެއް އަހަރު ދުވަހުގެ ތެރޭގައި ނިމޭނެ ކަމުގެ ޔަޤީންކަން އެރަށުގެ ރައްޔިތުންނަ ދެއްވާފައެވެ. 

ރައީސުލްޖުމްހޫރިއްޔާ، ފ. މަގޫދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑަގަތުންއި
ރައީސުލްޖުމްހޫރިއްޔާ، ފ. މަގޫދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުން


ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ކުރެއްވި 8 ދުވަހުގެ ދަތުރުފުޅު ފަށްޓަވާފައިވަނީ ފެލިދެއަތޮޅުންނެވެ. މި ދަތުރުފުޅުގައި ފ.އަތޮޅަށް އެމަނިކުފާނު ވަޑައިގެންނެވުމުން އެއަތޮޅުގެ ކޮންމެ ރަށަކުން ރައީސަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަކީ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރެއްވުމަށް ލޯބި ކުރައްވާ ވެރިއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މީީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ހާލަތު ބެއްލެވުުމަކީ ކޮންމެ ކޮންމެ މީހަކަށް ކުޅަދާނަ ކަމެއް ނޫނެވެ. ނަމަވެސް ޤައުމުގެ ތަރައްޤީއާއި މުސްތަޤުބަލު އުޖާލާ ކުރެއްވުމަށް އެމަނިކުފާނު ދަނީ ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން