ދުނިޔެ

ޓްރަމްޕްގެ ސަބަބުން މަގު ބަންދުވެ، ފްރާންސް ރައީސް މެކްރޯން އަށް ޖެހިވަޑައިގަތީ މަގުމަތިން ޓްރަމްޕަށް ގުޅުއްވަން

ޓްރަމްޕްގެ ސަބަބުން މަގު ބަންދުވެ، ފްރާންސް ރައީސް މެކްރޯން އަށް ޖެހިވަޑައިގަތީ މަގުމަތިން ޓްރަމްޕަށް ގުޅުއްވަން

ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން މަގުމަތީގައި ޓްރަމްޕަށް ގުޅުއްވައިގެން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

27 ސެޕްޓެމްބަރު 2025، 11:34

27 ސެޕްޓެމްބަރު 2025، 11:34

ނިމިގެންދިޔަ އދ. ގެ އާންމު މަޖިލިސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ވަޑައިގެން އުޅުއްވި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މޮޓޯކޭޑް ދަތުރުކުރާ  މަގު ބަންދުކުރުމުން، މަގުމަތީގައި ހުންނަވައިގެން ޓްރަމްޕަށް ގުޅުއްވަންޖެހި ވަޑައިގެންނެވި ވީޑިއޯތަކެއް ވަނީ މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މި ހާދިސާ ހިނގާފައިވަނީ ހޯމަ ދުވަހުގެ ރޭ، ނިއުޔޯކްގެ މަގެއް މަތިން ފްރާންސްގެ ޑިޕްލޮމެޓިކް މިޝަނަށް ފައިމަގުގައި ވަޑައިގަންނަވަނިކޮށެވެ.

އެވަގުތު އެ މަގު ބަންދުކުރެވިފައިވަނީ ޚާއްސަ މެހެމާނެއްގެ މޮޓޯކޭޑެއް ދަތުރުކުރުމަށް ތަން ދޫކުރުމަށް ކަމަށް ފުލުހުން ވިދާޅުވިއެވެ. މަގު ބަންދުވެގެން، މެކްރޯން އެމަނުއެމަނިކުފާނުގެ ފޯނު ނަންގަވައި، ޓްރަމްޕަށް ގުޅުއްވިއެވެ.

"ކިހިނެއްތޯ؟ އަޅުގަނޑަށް މިވީ ގޮތެއް އެނގޭތޯ؟ އަޅުގަނޑަށް މަގުމަތީގައި މަޑުކުރަން ޖެހިއްޖެ، ހުރިހާ ތަނެއް މިހުރީ ޓްރަމްޕް އަށްޓަކައި ބަންދުކުރެވިފައި!" މެކްރޯން ވިދާޅުވިއެވެ.

ފްރާންސްގެ މީޑިއާއިން މި މަންޒަރު ފިލްމުކޮށްފައިވާއިރު، ޓްރަމްޕްއާއެކު ދެ ބޭފުޅުން ވާހަކަ ދެއްކެވިކަން ފްރާންސްގެ ރަސްމީ އޮފިޝަލަކު އެސޯސިއޭޓެޑް ޕްރެސްއަށް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މެކްރޯން ވަނީ އދ. ގައި ވާހަކަފުޅު ދެއްކެވުމަށްފަހު ފްރާންސްގެ ޑިޕްލޮމެޓިކް މިޝަނަށް ވަޑައިގަންނަވަން މަސައްކަތް ކުރައްވަނިކޮށް، ފުލުހުން މަގު ބަންދުކުރިކަން އެބޭފުޅުންނަށް ސާފުކޮށްދެއްވާފައެވެ. އދ. ގައި ދެއްވި ތަގުރީރުގައި ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަންނަން ފްރާންސުން ނިންމާފައިވާކަން މެކްރޯން ވަނީ އިއުލާންކުރައްވާފައެވެ.

"އަޅުގަނޑާއެކު 10 މީހުން މިތިބީ" މަގު ހުރަސްކުރަން މަސައްކަތް ކުރަމުން މެކްރޯން ވިދާޅުވިއެވެ.

ފުލުސް އޮފިސަރަކު މެކްރޯނަށް ވިދާޅުވިއެވެ، "އަޅުގަނޑު މާފަށް އެދެން ރައީސް، އަޅުގަނޑު ހަމަ ވަރަށް މާފަށް އެދެން، މިހުރީ ހަމަ ހުރިހާ ތަނެއް ބަންދުކުރެވިފައި."

ނަމަވެސް ޓްރަމްޕްގެ ފޯނުކޯލު ލިބުމުން، މެކްރޯން ވަނީ އެ ފުރުސަތުގެ ބޭނުންކުރައްވައި ވާހަކަފުޅު ދެމެހެއްޓެވުމަށް މަސައްކަތް ކުރައްވާފައެވެ.

"މި ހަފްތާ ބަންދުގައި ޣައްޒާގެ ހާލަތާ ބެހޭ ގޮތުން ގަތަރާއި އަޅުގަނޑާ ރައީސް ޓްރަމްޕާ އެކު ކުޑަ ވަގުތުކޮޅަކަށް މަޝްވަރާކޮށްލަން ބޭނުން" މެކްރޯން ވިދާޅުވިއެވެ.

ފްރާންސްގެ މީޑިއާއިން ބުނި ގޮތުގައި، މި މަގު ހުޅުވުމުން މެކްރޯނަށް ވަނީ އިރުކޮޅެއް ފަހުން އެމަނުއެމަނިކުފާނުގެ ދަތުރުފުޅު ކުރިއަށް ގެންދަވާފަކަމަށެވެ. ފްރާންސުން ފަލަސްތީނު ދައުލަތް ރަސްމީކޮށް ބަލައިގަތީ، މެދުއިރުމަތީގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށް އދ. ގައި ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމެއްގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން