ދުނިޔެ

ނޭޕާލްގައި ހިނގި ފަސާދައިގެ ހަމަނުޖެހުންތަކުގެ ތަހުގީގަށް ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި

ނޭޕާލްގައި ހިނގި ފަސާދައިގެ ހަމަނުޖެހުންތަކުގެ ތަހުގީގަށް ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފި

ނޭޕާލް ގެ ހަމަނުޖެހުމުގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

22 ސެޕްޓެމްބަރު 2025، 02:57

22 ސެޕްޓެމްބަރު 2025، 02:57

ނޭޕާލްގައި  ހިނގި ފަސާދައިގެ ހަމަނުޖެހުންތަކުގައި 74 މީހުން މަރުވެ، 2,100 އަށް ވުރެ ގިނަ މީހުންނަށް އަނިޔާވެ، އޭރުގެ ބޮޑުވަޒީރު ކޭ.ޕީ. ޝަރުމާ އޮލީ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އެކަން ތަހުގީގު ކުރުމަށް ނޭޕާލްގެ ވަގުތީ ސަރުކާރުން ތިން މެންބަރުންގެ ކޮމިޓީއެއް އެކުލަވާލައިފިއެވެ.

މިކަން ހާމަކުރެއްވީ މިއަދުއެވެ.މި ހަމަނުޖެހުންތަކަކީ އަހަރުތަކަށް ބަލާއިރު ނޭޕާލްގައި ހިނގި އެންމެ ހިތާމަވެރި އެއް ސިޔާސީ ހާދިސާއެވެ. ގައުމުގައި ހުރި ކޮރަޕްޝަނާއި ވަޒީފާގެ ފުރުސަތުތައް ނުލިބުމާ ގުޅިގެން ހިތްހަމަނުޖެހުންތައް އުފެދިފައިވާ ޖެން-ޒީގެ ޒުވާނުން އިސްކޮށް ހިންގި މި މުޒާހަރާތައް ވަނީ ނުރައްކާތެރި ހާލަތަކަށް ގޮސްފައެވެ. މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރުގެ އިމާރާތްތަކާއި، ކޮރަޕްޓް މަސްއޫލުވެރިންނާއި އެބައިމީހުންގެ ސަޕޯޓަރުންނަށް ނިސްބަތްވާ ކަމަށް ބުނާ ހޮޓާތަކާއި، ޝޮޕިން މޯލްތަކާއި ޝޯރޫމްތައް އަންދާލާފައެވެ.

ވަގުތީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު ރާމޭޝްވޯރު ކަނާލް، ވިދާޅުވީ، ކުރީގެ ބޮޑުވަޒީރު ޖަސްޓިސް ސުޝީލާ ކާކީއާއެކު މި މަސައްކަތް ކުރެއްވުމަށް، ތަހުގީގީ ކޮމިޓީއަށް ރިޓަޔާޑް ޖަޖް ގޯރީ ބަހާދޫރު ކާކީ ހަމަޖައްސާފައިވާ ކަމަށެވެ. މި ކޮމިޓީން އަންނަ ތިން މަސް ދުވަހުގެ ތެރޭގައި އެބޭފުޅުންގެ ރިޕޯޓް ހުށަހަޅަން ޖެހޭނެއެވެ. 

"މުޒާހަރާގެ ތެރޭގައި މަރުވެގެންދިޔަ މީހުންނާއި ލިބުނު ގެއްލުންތަކާއި، ދެފަރާތުން ހައްދުފަހަނައަޅާ ދިޔަ ކަންކަމާއި، އަލިފާން ރޯކުރުމާއި ތަންތަން ހަލާކުކުރުމުގައި ބައިވެރިވި ފަރާތްތައް މި ކޮމިޓީން ބަލާނެ،" ކަނާލް ވިދާޅުވިއެވެ.

މި މުޒާހަރާތައް ފެށުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު، ސަރުކާރުން ބައެއް ސޯޝަލް މީޑިއާ ސައިޓްތައް ބޭންކުރުމަށް ނިންމި ނިންމުމަކާ ގުޅިގެންނެވެ. ނޭޕާލްގެ ގިނަ ޒުވާނުންނަށް މިކަން ފެނުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ދެވުނު ވަރަށް ބޮޑު ހަމަލާއެއްގެ ގޮތުގައެވެ. ވަޒީފާ ނުލިބުމާއި ސިޔާސީ ކޮރަޕްޝަނާ ގުޅޭ ގޮތުން ކުރިންސުރެ ހުރި ޝަކުވާތަކާއެކު، މިކަމުގެ ސަބަބުން ކަތަމަންޑޫއާއި އެހެނިހެން ބޮޑެތި ސިޓީތަކަށް ދިގުދެމިގެންދިޔަ މުޒާހަރާތަކުގައި ދިހަހާހަށްވުރެން ގިނަ ޒުވާނުން ބައިވެރިވިއެވެ. ސެކިއުރިޓީ ބާރުތަކާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ހިނގި ހަމަނުޖެހުންތައް ވަރަށް ބޮޑަށް ގޯސްވެ، ބައެއް ތަންތަނުގައި ފުލުހުން ވަނީ  ބަޑި ބޭނުންކޮށްފައެވެ. މި ހާދިސާގައި އެތައް ސަތޭކަ ޒުވާނުންނަށް ބަޑީގެ ހަމަލާއިން އަނިޔާވެ ހޮސްޕިޓަލްތަކުގައި ފަރުވާދިން ކަމުގެ ރިޕޯޓްތައް ވެސް ލިބިފައިވެއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން