Ads by Stelco

ޚަބަރު

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށަނީ

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފަށަނީ

ޤުރުއާން ކިޔެވުމުގެ 36 ވަނަ ޤައުމީ މުބާރާތުގެ ތެރެއިން/ފޮޓޯ: ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

18 ސެޕްޓެމްބަރު 2025، 03:26

18 ސެޕްޓެމްބަރު 2025، 03:26

ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ޤައުމީ މުބާރާތް މިރޭ ފެށުމަށް ހަމަޖެހިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެ ވުޒާރާއިން ވިދާޅުވީ، މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތު މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހު ގެ ނިޔަލަށެވެ. އެގޮތުން، މިރޭ ފެށޭ މުބާރާތުގައި ޖުމްލަ 119 މުއައްސަސާއަކުން 1037 ބައިވެރިން ވާދަކުރާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. އެއީ، ބަލައިގެން ކިޔެވުމުގެ ގޮފީގައި ވާދަކުރާ 582 ބައިވެރިންނާއި، ނުބަލައި ކިޔެވުމުގެ ގޮފީގައި ވާދަކުރާ 424 ބައިވެރިންނާއި، ޙާފިޡުންގެ ގޮފީގައި ވާދަކުރާ 31 ޙާފިޡުންކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މުބާރާތުގެ ކިޔެވުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސަލްމާން ރަސްގެފާނު މިސްކިތުގައި ކަމަށެވެ. އެގޮތުން، ބަލައިގެން ކިޔެވުމުގެ ގޮފީގެ ކިޔެވުން  ސަލްމާން ރަސްގެފާނު މިސްކިތުގެ 4 ވަނަ ފަންގިފިލާ އޮޑިޓޯރިމްގައެއި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ނުބަލާ ކިޔެވުމުގެ ގޮފީގެ ކިޔެވުން ކުރިއަށްދާނީ ސަލްމާން ރަސްގެފާނު މިސްކިތުގެ 5 ވަނަ ފަންގިފިލާގެ މަލްޓިޕާޕަސް ހޯލުގައިކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

ކީރިތި ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ ފެންވަރު ރަނގަޅުކޮށް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް މި ސަރުކާރުން ޚާއްޞަ އިސްކަމެއް ދެއްވައެވެ. އެގޮތުން، މިއަހަރުގެ މުބާރާތަކީ ވެސް ފާހަގަކޮށްލެވޭ މުބާރާތަކަށް ހެދުމަށް ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން