ދުނިޔެ

ދުނިޔޭގެ އެންމެ ދިގު ޑައިރެކްޓް ވައިގެ ދަތުރު ޗައިނާ އިން ފަށަނީ: 29 ގަޑިއިރުގެ ތަޖުރިބާއެއް!

ދުނިޔޭގެ އެންމެ ދިގު ޑައިރެކްޓް ވައިގެ ދަތުރު ޗައިނާ އިން ފަށަނީ: 29 ގަޑިއިރުގެ ތަޖުރިބާއެއް!

ޗަައިނާ އީސްޓަރން އެއަރލައިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

18 ސެޕްޓެމްބަރު 2025، 12:26

18 ސެޕްޓެމްބަރު 2025، 12:26

29 ގަޑިއިރަށްވުރެ ދިގު ވައިގެ ދަތުރެއް ކުރުމުގެ ފުރުސަތު ހޯދަން ބޭނުންފުޅުވާ ފަރާތްތަކަށް، ޗައިނާގެ އެއަރލައިނަކުން އެފުރުސަތު ތަނަވަސްކޮށްދިނުމަށް ތައްޔާރުވެއްޖެއެވެ. ޗައިނާ އީސްޓަރން އެއަރލައިންސް އިން ވަނީ ޝަންހާއީ އާއި ބުއެނޯސް އައިރިސްއާ ދެމެދު އަލަށް ފަށާ ދަތުރުތަކަށް ޓިކެޓް ވިއްކަން ފަށާފައެވެ.

މިއީ ދުނިޔޭގެ އެންމެ ދިގު ޑައިރެކްޓް ވައިގެ ދަތުރަށް ވާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. ޗައިނާ އީސްޓަރން އިން ބުނި ގޮތުގައި، މި ދަތުރު ފަށާނީ ޝަންހާއީގެ ޕޫޑޮންގް އިންޓަރނޭޝަނަލް އެއަރޕޯޓް (ޕީވީޖީ) އިންނެވެ. ބުއެނޯސް އައިރިސްގެ މިނިސްޓްރޯ ޕިސްޓަރިނީ އިންޓަރނޭޝަނަލް އެއަރޕޯޓް (އީޒެޑްއީ) އަށް މި ދަތުރަށް 25.5 ގަޑިއިރު ނަގާނެއެވެ.

ނަމަވެސް، ބުއެނޯސް އައިރިސް އިން ޝަންހާއީއަށް އެނބުރި ކުރާ ދަތުރަށް 29 ގަޑިއިރު ނަގާނެއެވެ. މިއީ ޑައިރެކްޓް ދަތުރެއް ކަމުގައި ވިޔަސް، މިއީ މަޑުކުރުމެއް ނެތި ކުރާ ދަތުރެއް ނޫނެވެ. އެހެނީ، ޝަންހާއީއަށް އެނބުރި އަންނަ ދަތުރުގައި ނިއުޒިލޭންޑްގެ އޯކްލެންޑްގައި ދެގަޑިއިރަށް މަޑުކުރާނެއެވެ.

ދުނިޔޭގެ އެންމެ ދިގު މަޑުކުރުމެއް ނެތި ކުރާ ދަތުރުގެ ރެކޯޑް އަދިވެސް އޮތީ ސިންގަޕޫރު އެއަރލައިންސްއަށެވެ. އެއީ ސިންގަޕޫރު އާއި ނިއުޔޯކްއާ ދެމެދު ކުރާ ދަތުރެކެވެ. އެ ދަތުރުގައި 9,537 މޭލު ކަޑައްތުކުރާއިރު، ދަތުރަށް ގާތްގަނޑަކަށް 19 ގަޑިއިރު ނަގައެވެ.

ޗައިނާ އީސްޓަރން އެއަރލައިންސް އިން އިތުރަށް ބުނީ މިއީ ދުނިޔޭގެ ދެކޮޅުގައިވާ ދެ ޤައުމު ގުޅުވައިލާ ފުރަތަމަ ކޮމަރޝަލް ދަތުރު ކަމަށެވެ. މި ދަތުރު ކުރާނީ ވަރަށް ޚާއްސަ މަގެއް ބޭނުންކޮށްގެން ކަމަށާއި، މަތިންދާބޯޓު ދަތުރުކުރާނީ އެންޓާކްޓިކާއާ ވަރަށް ކައިރިން ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

މި ޚާއްސަ މަގުން ދަތުރުކުރުމުން ދަތުރުގެ ޖުމްލަ ވަގުތުން މަދުވެގެން ހަތަރު ގަޑިއިރު ސަލާމަތްކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މި ރޫޓްގައި ދަތުރުކުރުމަށް ބޭނުންކުރާނީ ބޯއިން 777-300އީއާރް މަރުކާގެ މަތިންދާބޯޓެކެވެ. ހަފްތާއަކު ދެ ދަތުރު މި ރޫޓްގައި ކުރާނެއެވެ. މި އަލަށް ފަށާ ދަތުރުގެ ފުރަތަމަ ފްލައިޓް އޮންނާނީ ޑިސެމްބަރު 4 ވަނަ ދުވަހުއެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން