ދުނިޔެ

ޗާލީ ކާރކް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

ޗާލީ ކާރކް މަރާލި މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށްފި

ޓައިލަރ ރޮބިންސަން އަދި ޗާލީ ކާރކް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

13 ސެޕްޓެމްބަރު 2025، 08:33

13 ސެޕްޓެމްބަރު 2025، 08:33

ޔުނައިޓެޑް ސްޓޭޓްސްގެ ޔޫޓާ ސްޓޭޓްގައި ހުންނަ ޔޫޓާ ވެލީ ޔުނިވަރސިޓީގައި މިދިޔަ ބުދަ ދުވަހު ކޮންޒަވޭޓިވް އެކްޓިވިސްޓް ޗާލީ ކާރކް މަރާލި މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ޓައިލަރ ރޮބިންސަން، 22 އަހަރުގެ ޒުވާނަކު، ހައްޔަރުކޮށްފިއެވެ. ވޮޝިންގްޓަން، ޔޫޓާ އަށް ނިސްބަތްވާ ރޮބިންސަން ހައްޔަރުކޮށްފައި މިވަނީ، މި ހާދިސާ ސިޔާސީ ގަތުލެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ސިފަކޮށްފައިވަނިކޮށެވެ. ރޮބިންސަންގެ ފަހުގެ އަމަލުތަކުން އޭނާ ހައްދުފަހަނަޅާފައިވާ ގަބޫލުކުރުންތަކަށް ލެނބިފައިވާކަމަށް ހެކިތަކުން ދައްކައެވެ.

ޔޫޓާގެ ގަވަރުނަރު ސްޕެންސަރ ކޮކްސް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ރޮބިންސަންގެ އާއިލާ މެމްބަރަކު ތަހުގީގުކުރާ ފަރާތްތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ފަހަކަށް އައިސް ރޮބިންސަން ސިޔާސީ ކަންކަމަށް ފޯރި ބޮޑުވެ، ޗާލީ ކާރކްއާ މެދު ނަފުރަތު ފާޅުކޮށްފައިވެއެވެ. ޝޫޓިން ހިނގުމުގެ ކުރިން ބޭއްވުނު އާއިލީ ކެއުމެއްގައި ރޮބިންސަން ވަނީ ކާރކްގެ ޔޫޓާ ވެލީ ޔުނިވަރސިޓީ އިވެންޓާ ބެހޭގޮތުން ވާހަކަ ދައްކާ، އޭނާގެ ޚިޔާލުތަކަކީ "ނަފުރަތު އުފައްދާ" ޚިޔާލުތަކެއް ކަމަށް ފާޑުކިޔާފައެވެ.

ތަހުގީގުކުރާ ފަރާތްތަކުން ވަނީ ކާރކްއަށް ބަޑިޖެހި ކެމްޕަސް ކައިރީގައިވާ ޖަންގަލީގެ ސަރަހައްދަކުން ބޯލްޓް-އެކްޝަން ރައިފަލެއް ފެނިފައެވެ. ހާދިސާ ހިނގި ސަރަހައްދުން ފެނުނު ބަޑީގެ ކާޓްރިޖްތަކުގައި ފެނުނު ގިނަ ކަންތައްތަކަކީ ރޮބިންސަންގެ އޮންލައިން އާދަތަކާ ގުޅުންހުރި ކަންތައްތަކެވެ. އެގޮތުން، ފެނިފައިވާ ބަޑީގެ ކާޓްރިޖްތަކުގައި "ހޭ ފަށިސްޓް! ކެޗް!" އަދި އިޓަލީގެ މުޒާހަރާގެ ލަވައެއް ކަމަށްވާ "ބެލާ ޗާއޯ" ފަދަ ޖުމްލަތައް ކަނޑާނަގާފައި ހުއްޓެވެ. މީގެ އިތުރުން ސޯޝަލް މީޑިއާގައި ރޮބިންސަން ސިލްވަރ ކުލައިގެ ކޮންވާސް ބޫޓާއި އަވިއައިނު އަޅައިގެން ނަގާފައިވާ ފޮޓޯތައް، ފުލުހުން ކުރިން ނެރެފައިވާ ފޮޓޯތަކާ ވަރަށް އެއްގޮތެވެ.

ރޮބިންސަންގެ ފަސްމަންޒަރުން ފެންނަނީ އެއްދުވަސްވަރެއްގައި ވަރަށް އުއްމީދީ ދަރިވަރެއްގެ ގޮތުގައި ހުރި ނަމަވެސް، ފަހުން ކިޔެވުމުގައި ގިނަ ގޮންޖެހުންތަކާ ކުރިމަތިވި ކަމެވެ. އޭނާ 2021 ވަނަ އަހަރު ޕައިން ވިއު ހައި ސްކޫލުން މަތީ ގްރޭޑްތަކާއެކު ދަސްވެނިވެ، ޔޫޓާ ސްޓޭޓް ޔުނިވަރސިޓީއަށް ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕެއް ހޯދިއެވެ. ނަމަވެސް، އެއް ސެމިސްޓަރގެ ފަހުން އޭނާ ކިޔެވުން ހުއްޓާލިއެވެ. އާންމު ރެކޯޑްތަކުން ދައްކާ ގޮތުގައި އޭނާ ރަޖިސްޓްރީ ކޮށްފައިވަނީ ކޮންމެސް ވަކި ޕާޓީއަކަށް ނިސްބަތްނުވާ ފަރާތެއްގެ ގޮތުގައެވެ. ނަމަވެސް ފަހުގެ އިންތިޚާބުތަކުގައި އޭނާގެ ބައިވެރިވުން ކުޑައެވެ.

ރޮބިންސަން ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފަހުގައެވެ. އެއީ 33 ގަޑިއިރުގެ ތެރޭގައި ކުރެވުނު ބޮޑު އޮޕަރޭޝަނަކަށް ފަހުގައެވެ. އޭނާ ހައްޔަރުކުރެވުނީ އޭނާގެ އާއިލާގެ އެކުވެރިޔަކު ދިން މައުލޫމާތަކަށްފަހުއެވެ. އެ އެކުވެރިޔާ ފުލުހުންނަށް ދެންނެވި ގޮތުގައި، ރޮބިންސަން ވަނީ މި ޝޫޓިންގައި އޭނާގެ ބައިވެރިވުން އެއްބަސްވެފައި ނުވަތަ އެކަން އިޝާރާތްކޮށްފައިކަމަށް ބެލެބިފައެވެ.

ޗާލީ ކާރކްއަށް ބަޑިޖަހާފައިވަނީ އޭނާގެ "އެމެރިކަން ކަމްބެކް ޓުއަރ" ގެ ތެރޭގައި ޔޫޓާ ވެލީ ޔުނިވަރސިޓީގައި ވާހަކަ ދައްކަމުން ދަނިކޮށެވެ. ރޮބިންސަންގެ އުފަން ރަށް، ވޮޝިންގްޓަން އަކީ، ސެއިންޓް ޖޯޖްގެ ކައިރީގައި އޮންނަ ސަބަރބެއް ކަމަށްވާއިރު، އެ ރަށް ކެމްޕަސްއާ ގާތްގަނޑަކަށް ތިންގަޑިއިރާއި ބައިގެ ދުރުމިނުގައި އޮންނަ ތަނެކެވެ.

                    

Ads by MSS

މި ލިޔުން ކިޔާލުމުން