ވިޔަފާރި

އެސްޑީއެފްސީން ޝަރީޢާ ހުއްދަކުރާ "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފި

އެސްޑީއެފްސީން ޝަރީޢާ ހުއްދަކުރާ "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފި

މާފުށި: ފޮޓޯ- މޯލްޑިވްސް މެގަޒިން

farudhun logo

ފަރުދުން

07 ސެޕްޓެމްބަރު 2025، 11:48

07 ސެޕްޓެމްބަރު 2025، 11:48

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެވިޔަފާރިތަކަށް އެހީތެރިވުމަށްޓަކައި، އިސްލާމިކް ވިންޑޯ 'އެސްޑީއެފްސީ ތިޖާރާ' ގެ ދަށުން ޝަރީޢަތާ އެއްގޮތްވާ އުޞޫލުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ފައިނޭންސިންގ ފެސިލިޓީއެއް ކަމަށްވާ "ތިޖާރާ ރަށު ފަތުރު" ތަޢާރަފްކޮށްފިއެވެ.

އެސްޑީއެފްސީން ވިދާޅުވީ މި ފެސިލިޓީގެ މައިގަނޑު މަޤްސަދަކީ، ޝަރީޢާ ހަމަތަކުގެ ތެރެއިން ރަށު ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވަމުން އަންނަ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ކަމުގައެވެ. މިއަދި މިއީ ޑިމިނިޝިންގ މުޝާރަކާ އަދި މުރާބަޙާ ޓު ދަ ޕަރޗޭސް އޯޑަރަރ ގެ ކޮންސެޕްޓު ބޭނުންކޮށްގެން ޚިދުމަތް ފޯރުކޮށްދޭ ގޮތަށް ފަރުމާ ކުރެވިފަައިވާ ޚިދުމަތެއް ކަމަށްވެސް ވިދާޅުވިއެވެ. މީގެ ސަބަބުން ކޮންމެ ވިޔަފާރިވެރިއްގެވެސް ހުރި ޚާއްޞަ ބޭނުންތައް އެންމެ ފުރިހަމައަށް ފުއްދައިދެވޭނެފަދަ އިންތިޒާމެއް ޝަރީޢާ ހަމަތަކުގެ މަތީގައި ހަމަޖައްސައި ފޯރުކޮށްދެވޭނެ ކަމަށްވެސް އެސްޑިއެފްސީން މަޢުލޫމާތު ދެއްވައެވެ.



ގިނަ ވެގެން 10 އަހަރުތެރޭ  ފެސިލިޓީ ދެއްކޭގޮތަށް ތަޢާރަފްކުރި މި ޚިދުމަތުގެ ތެރެއިން 5 މިލިއަނާ ހަމައަށް ފައިނޭނސް ލިބޭނެއެވެ. އެގޮތުން ފައިނޭންސިންގ ދޫކުރެވޭ ބޭނުންތަކުގެ ތެރޭގައި ހިމެނެނީ:

• އަލަށް ފަށާ ގެސްޓްހައުސް ވިޔަފާރިތައް: އައު ގެސްޓްހައުސްތައް އިމާރާތްކުރުމަށް

• މިހާރު ހިނގަމުންދާ ގެސްޓްހައުސް ވިޔަފާރިތައް މަރާމާތުކޮށް ތަރައްޤީކުރުމަށް: ހިނގަމުންދާ ގެސްޓްހައުސްތައް މަރާމާތުކުރުމަށް، އިތުރު ކޮޓަރި ނުވަތަ ފެސިލިޓީތައް އިތުރުކުރުމަށް، ގެސްޓްހައުސްގެ ފެންވަރު ރަނގަޅުކުރުމަށް (އަޕްގްރޭޑްކުރުމަށް)

• ގެސްޓްހައުސް ވިޔަފާރިއާއި ގުޅުންހުރި ވިޔަފާރިތައް ކުރިއެރުވުމަށް: ޓުއަރ އޮޕަރޭޓިންގ ޚިދުމަތްތަކަށް، ވޯޓަރ ސްޕޯޓްސް ފަދަ އެކްޓިވިޓީތައް ތަޢާރަފުކުރުމަށް، ގެސްޓްހައުސްގައި ރެސްޓޯރަންޓް ނުވަތަ ކެފޭ ފަދަ ތަންތަން ހެދުމަށް.

• ޓެކްނޮލޮޖީ ބޭނުންކޮށްގެން ވިޔަފާރި ކުރިއެރުވުމަށް: އޮންލައިން ބުކިންގ ސިސްޓަމްތައް ޤާއިމުކުރުމަށް، ވެބްސައިޓް އަދި މޮބައިލް އެޕްލިކޭޝަން ތައްޔާރުކުރުމަށް

"ތިޖާރާ ރަށު ފަތުރު" އަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެޕްލިކޭޝަން ހުށަހަޅާނީ އެސްޑީއެފްސީގެ ވެބްސައިޓް www.sdfc.mv ގައި ހިމެނޭ އެސްއެމްއީ ޕޯޓަލް މެދުވެރިކޮށެވެ. މިކަމުގެ ތަފްސީލްވެސް އެސްޑީއެފްސީގެ ވެބްސައިޓުގައު ވަނީ ޝާޢިއު ކުރެވިފައެވެ. މި އެސްޑީއެފްސީން ވިދާޅުވީ އަމާޒަކީ ޝަރީޢާއާއި އެއްގޮތަށް ފަރުމާކުރެވިފައިވާ އިތުރު ފައިނޭސިންގ ފެސިލިޓީތައް އެސްޑީއެފްސީގެ އިސްލާމިކް ވިންޑޯ، އެސްޑީއެފްސީ ތިޖާރާ' ގެ ދަށުން ތަޢާރަފް ކުރުން ކަމުގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން